ފްލެޓް ލިބޭނެ ކަމަށް ދޫކުރީ ޝަރުތު ފުރިހަމަ ނުވާ ނަމަ ބާތިލްކުރެވޭނެ ލިއުމެއް: އޭޖީ
ފްލެޓް ލިބޭނެ ކަމަށް ދޫކުރީ ޝަރުތު ފުރިހަމަ ނުވާ ނަމަ ބާތިލްކުރެވޭނެ ލިއުމެއް: އޭޖީ

ހިޔާ މަޝްރޫއުގައި 7،000 ފްލެޓަށް ހުޅުވާލައި ފްލެޓް ލިބޭނެ ކަމުގެ ކަށަވަރުކަން ދޭން ކުރީގެ ސަރުކާރުގައި ދޫކޮށްފައިވާ 9،500 ލިއުމަކީ ޝަރުތު ފުރިހަމަ ނުވާ ނަމަ ބާތިލް ކުރެވޭ ގޮތަށް އޮތް ލިއުމެއް ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.

ފްލެޓް ލިބޭނެ ކަމަށް ދޫކުރީ ޝަރުތު ފުރިހަމަ ނުވާ ނަމަ ބާތިލްކުރެވޭނެ ލިއުމެއް: އޭޖީ
ފްލެޓް ލިބޭނެ ކަމަށް ދޫކުރީ ޝަރުތު ފުރިހަމަ ނުވާ ނަމަ ބާތިލްކުރެވޭނެ ލިއުމެއް: އޭޖީ

ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި އޭޖީ ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުގައި ދޫކޮށްފައިވާ ލިއުންތައް ބާތިލްކުރުމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތެވެ.

ފްލެޓް ލިބޭނެ ކަމަށް ދޫކުރީ ޝަރުތު ފުރިހަމަ ނުވާ ނަމަ ބާތިލްކުރެވޭނެ ލިއުމެއް: އޭޖީ
ފްލެޓް ލިބޭނެ ކަމަށް ދޫކުރީ ޝަރުތު ފުރިހަމަ ނުވާ ނަމަ ބާތިލްކުރެވޭނެ ލިއުމެއް: އޭޖީ

ރިފްއަތު މިގޮތަށް ވިދާޅުވީ ހިޔާ މަޝްރޫއުގައި ހުޅުވާލި އަދަދަށް ވުރެން މާ ގިނައިން ފްލެޓުގެ ލިއުން ދޫކުރުމަކީ އޮޅުވާލައިގެން ހިންގި ކަމެއް ކަމުގެ ތުހުމަތު ކުރައްވައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ކުރެއްވި ސުވާލުތަކާ ގުޅިގެންނެވެ.

ފްލެޓް ލިބުނު ކަމުގެ ލިއުން ދޫކުރުން އާ ސަރުކާރުގެ ރައީސް ހުވާކުރެއްވި ނޮވެމްބަރު، 17، 2018އާ ހަމައަށް ކުރިއަށް ގެންދިޔަ ކަމުގެ ހެއްކެއްގެ ގޮތުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއް ކޮމިޓީގައި ސަލީމް ވިދާޅުވި އެވެ. އެ ލިއުން ދޫކުރަނީ އޭރުގެ އެޓާނީ ޖެނެރަލް މުހައްމަދު އަނިލްގެ ލަފާ ލިބިގެން ކަން ވެސް މުއިއްޒުގެ ޓުވީޓުގައި އޮތް ކަން ސަލީމް ފާހަގަކުރެއްވި އެވެ.

އެކަމަކު އެގޮތަށް އެކަން ކުރެއްވީ، ސަލީމް ވިދާޅުވި ގޮތުގައި، އިންތިޚާބީ ރައީސްގެ އޮފީހުން އެ ލިއުން ދޫނުކުރަން ހައުސިން މިނިސްޓްރީއަށް އަންގާފައި އޮއްވަ އެވެ.

މި ހާލަތުގައި ދޫކުރި އެ ލިއުމަކީ އަދިވެސް ގާނޫނީ ބާރެއް ހިނގާނެ ލިއުމެއްތޯ ނުވަތަ އެ ލިއުމުގެ ސައްހަ ކަމަކީ ކޮބައިތޯ ސަލީމް އެއްސެވުމުން ރިފްއަތު ވިދާޅުވީ ވެރިކަމުގެ ހުވާ މިހާރުގެ ރައީސް ކުރެއްވި ދުވަހާ ހަމައަށް ލިއުން ދޫކުރަން އޭރު ހައުސިން މިނިސްޓްރީން އިއުލާންކުރުމާ އެކު އެއީ ކުރެވޭނެ ކަމެއް ނޫން ކަން އަންގާފައިވާ ކަން ހައުސިން މިނިސްޓްރީން މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

އޭޖީ ވިދާޅުވި ގޮތުގައި ދައުލަތުގެ ނިޝާން ޖަހައި ލިއުމެއް ދޫކޮށްފައި އޮތަސް އެ ލިއުމަކީ ގާނޫނީ ގޮތުން ބަނދެވޭ ބަނދެވުންތަކެއް އުފައްދާ ލިއުމަކަށް ވަނީ އެ ލިއުމުގައި ބަޔާންކޮށްފައި އޮންނަ ވާހަކަތަކުންނާއި އިލްތިޒާމް ނުވަތަ ކުރުން ލާޒިމް ކަންތައްތަކަކުންނެވެ.

"ފްލެޓް ލިބުނު ކަމުގެ ލިއުމަށް ބަލާއިރު އޭގައި އެބަ ބުނޭ ލިސްޓުގައި ހިމެނުނަސް ލިއުން ހަވާލުކުރެވުނަސް ފްލެޓް އެއްބަސްވުމެއްގައި ސޮއިކުރަން ޖެހޭނެ ވާހަކަ. އަދި އެބަ ބުނޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެ މީހަކު ދީފައިވާ މައުލޫމާތު ފްލެޓް ލިބުނު ކަމުގެ ޝަރުތުތަކާ ދިމާވޭތޯ ނުވަތަ ނޫނިއްޔާ އެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން އިތުރަށް ބަލަން ޖެހޭނެ ކަންކަން އެބަހުރި ކަމަށް،" ރިފްއަތު ވިދާޅުވި އެވެ.

ފްލެޓް ލިބުނު ކަމުގެ ލިއުމުގައި ހުރި ވާހަތައް ހިއްސާކުރައްވަމުން ރިފްއަތު ވިދާޅުވީ 600 އަކަ ފޫޓަށް ވުރެން ބިމެއް، ގޯއްޗެއް ނުވަތަ ރޯހައުސްއެއް ލިބިފައިވާ ނަމަ ސަރުކާރަށް ދޫކޮށްލަން ވެސް އޮތީ ޝަރުތުކޮށްފަ އެވެ. ދެމަފިރިންނަށް ފްލެޓް ލިބިއްޖެ ނަމަ، އިސްކަން ދޭން ޖެހޭނީ ދަރިން ބަލާ ފަރާތަށް ކަމަށް ވެސް ލިއުމުގައި އޮވެ އެވެ. ދަރިއަކު ނެތް ނަމަ ފްލެޓް ލިބޭނެ ފަރާތެއް ކަނޑައަޅާނީ އެ ލިއުމުގައި އޮތް ގޮތުން ހައުސިން މިނިސްޓްރީންނެވެ.

ރިފްއަތު ވިދާޅުވި ގޮތުގައި ފްލެޓް ލިބުނު ކަމުގެ ލިއުމަކީ "މުދަލުގެ މައްޗަށް މީހެއްގެ ހައްގު ގާނޫނީ ގޮތުން އޮތް ކަން ދަލާލަތު ކޮށްދޭ ލިއުމެއް ނޫނެ"ވެ. އެ ލިއުން ބިނާވަނީ ޝަރުތުތަކަށް ކަމަށް އޭޖީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލިއުން ދޫކޮށްފައި ވަނީ އޭގައި ބުނާ ޝަރުތުތައް ފުރިހަމަ ނުވާ ހާލަތުގައި ބާތިލްކުރެވޭނެ އެއްޗެއްގެ ގޮތުގައި ކަމަށެވެ. ގާނޫނީ ގޮތުން އެކަން ކުރުމުގައި މިހާރު ވެސް އެއްވެސް ހުރަހެއް އޮތް ކަމަށް އޭޖީ ދެކެވަޑައިނުގަންނަވަ އެވެ.

ޝަރުތު ފުރިހަމަ ނުވާ ނަމަ ލިއުން ބާތިލް ކުރެވިދާނެ ކަން ސުޕްރީމް ކޯޓުން ގަޒިއްޔާތައް ވެސް ނިންމާފައިވާ ކަން ފާހަގަކުރެއްވި އެވެ. އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގައި މީހެއްގެ ކިބައިގައި ހުރުން ލާޒިމްވާ ޝަރުތެއް ފުރިހަމަ ނުވެއްޖެ ނަމަ އެ މީހަކަށް އެ ފްލެޓެއް ނުވަތަ ތަނެއް ނުލިބިދާނެ ކަން 2015 އަދި 2017 ގައި ސުޕްރީމް ކޯޓުގެ ގަޒިއްޔާ އިން ސާފުކަމަށް ވިދާޅުވި އެވެ.

"ކަން މިހެން އޮތުމުން ހައްގު އުފަންވަނީ ޒިންމާއާ އެކުގައި ކަން ފާހަގަކުރަން،" ރިފްއަތު ވިދާޅުވި އެވެ.

ފްލެޓް ކޮމިޓީގެ ގާނޫނީ ހައިސިއްޔަތާ މެދު އުފައްދާ ސުވާލަށް ވެސް އެޓާނީ ޖެނެރަލް ޖަވާބު ދެއްވި އެވެ.

އެންމެންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުމާއި ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި މުއައްސަސާތަކަށް އެންގެވުމާއި އިރުޝާދު ދެއްވުމަކީ ގާނޫނުއަސާސީން ރައީސަށް މަތިކޮށްފައި އޮތް ޒިންމާއެއް ކަން ފާހަގަކުރައްވައި ރިފްއަތު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ މައްސަލަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅުން ހުރި ކަމަށެވެ. ކުރީގެ ސަރުކާރުގައި ފްލެޓްތައް ދޫކުރި ގޮތުން ގިނަ ޝަކުވާތައް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

އޭޖީ ވިދާޅުވި ގޮތުގައި އެ ޝަކުވާތައް ހުށަަހަޅާފައި ވަނީ ހަމަހަމަކަން ނެތުމާއި ހާމަކަން ނެތުމުގެ މައްޗަށެވެ. ވަޒީރުންގެ މަޖިލީހުގެ ލަފަ އާއި މަޝްވަރާއާ އެކު ކޮމިޓީއެއް އެކުލަވާލީ ފްލެޓް ދީފައި ވަނީ ހައްގުވެރިންނަށްތޯ ބަލައި އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

މި ކޮމިޓީއަށް ގާނޫނީ ހައިސިއްޔަތު ލިބިފައިވޭތޯ އުފައްދާ ސުވާލަށް ޖަވާބު ދެއްވަމުން ރިފްއަތު ވިދާޅުވީ ރައީސް އެ ކޮމިޓީ އުފައްދަވާފައި ވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދުސްތޫރީ ހަމަތަކާ އެއްގޮތަށް ރައީސަށް ލިބިދޭ ފުރިހަމަ ބާރާއި އިޚްތިޔާރުގެ ތެރެއިން ކަމަށެވެ.

ކުރީގެ ސަރުކާރުގައި ފްލެޓް ދޫކުރީ ބޭއިންސާފުން ކަމުގެ ޝަކުވާތައް ބަލަން އުފެއްދި ފްލެޓް ކޮމިޓީން ވަނީ ހުރިހާ ފޯމެއް އަލުން އިވެލުއޭޓްކޮށް އާ ލިސްޓުތަކެއް ގެޒެޓްކޮށްފަ އެވެ. ދިރިއުޅުމުގެ ހާލަތު ބަލައި އާއްމުކޮށްފައިވާ އެ ލިސްޓުތައް ތަރުތީބުކޮށްފައިވާ ގޮތުން ކުރިން ފްލެޓް ކަށަވަރުވި ކަމުގެ ލިއުން ލިބުނު މީހުންނަށް މާކްސް މަދުވެ ލިސްޓުގެ ފަހަތަށް ޖެހިފައިވެ އެވެ. އަނެއް ބަޔަކަށް ޕޮއިންޓް އިތުރުވެ ފްލެޓް ކަށަވަރުވެފައިވެ އެވެ.

ކުރީގެ ލިސްޓުތަކެކޭ އެއްގޮތަށް މި ލިސްޓުތަކާ މެދު ވެސް ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެކަމަކު ފްލެޓް ކޮމިޓީން ބުނަނީ މިފަހަރުގެ ލިސްޓުގައި ތިބޭނީ އޭރުގެ ސަރުކާރުން ކަނޑައެޅި ޝަރުތުތަކާ އެއްގޮތަށް މާކްސްދީގެން އެންމެ ހައްގުވެރިން ކަމަށެވެ.