03 މާޗް 2021 - 14:00

ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މިއަދު މަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ހަރަކާތް ހުއްޓިފައި ވަނިކޮށް އައިޖީއެމްއެޗަށް ގެންދިޔަ 67 އަހަރުގެ ފިރިހެނަކު ހެނދުނު 6:00 ހާއިރު މަރުވެފައިވާ ކަމަށެވެ.
މިއީ ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި 63 ވަނަ މީހާ އެވެ. އަދި މި މަހުގެ ފުރަތަމަ މަރެވެ.
މާލެ ސަރަހައްދުގައި ހަލުއި ކަމާއެކު ކޮވިޑް ފެތުރެމުންދާއިރު ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވެފައި ވެ އެވެ.
މި އަހަރުގެ މިހާތަނަށް ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 15 އަށް އަރައިފަ އެވެ.
ބަލި ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށި ކުރި ނަމަވެސް ކޮވިޑު ފެތުރުން ކޮންޓްރޯލެއް ނުވެ އެވެ. އެހެންވެ، މާސްކް އަޅައި ގައިދުރުކަން ބެހެއްޓުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެ އެވެ.