ޓްރަމްޕާ ދެކޮޅު މުޒާހަރާތައް ދެ ވަނަ ދުވަހަކަށް
ޓްރަމްޕާ ދެކޮޅު މުޒާހަރާތައް ދެ ވަނަ ދުވަހަކަށް

ވޮޝިންޓަން (ނޮވެމްބަރު 11) އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް ހޮވުމުން އެކަން ގަބޫލް ނުކުރާނެ ކަމަށް ބުނާ ކުރިއަށް ގެންދާ މުޒާހަރާތައް ދެ ވަނަ އަށް ދުވަހަކަށް ކުރިއަށް ގެންގޮސްފި އެވެ.

ޓްރަމްޕާ ދެކޮޅު މުޒާހަރާތައް ދެ ވަނަ ދުވަހަކަށް
ޓްރަމްޕާ ދެކޮޅު މުޒާހަރާތައް ދެ ވަނަ ދުވަހަކަށް

މުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ އަދަދު މަދުވެފައިވާ އިރު ގިނައިން ފެންނަނީ ޒުވާނުންނެވެ. އެ މީހުން ދަނީ ޓްރަމްޕުގެ ވެރިކަމުގައި ގައުމު ބައިބައިވެ ނަސްލީ ހަމަނުޖެހުންތައް އުފެދިގެންދާނެ ކަމަށް ބުނަމުންނެވެ.

މުޒާހަރާތަކަށް ރައްދު ދެއްވާ ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވަނީ އެއީ ވަރަށް ބޭއިންސާފުން ކުރާ މުޒާހަރާތަކެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މުޒާހަރާ ކުރަން ހިތްވަރުދީފައި ވަނީ މީޑިއާތަކުން ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕް އިއްޔެ ވަނީ ރައީސް ބަރަކް އޮބާމާއާ ވައިޓްހައުސްގައި ބައްދަލު ކުރައްވައިފަ އެވެ. އަދި އޮބާމާއާ ބައްދަލު ކުރުމަކީ ޝަރަފެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ދެ ބޭފުޅުން ވަނީ ވެރިކަން ބަދަލު ކުރުމުގެ ކަންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

ޓްރަމްޕާ ދެކޮޅު މުޒާހަރާތަކުގައި އޮރެގަންގައި ބައެެއް މީހުން ވަނީ ބައެއް އިމާރާތްތަކުގެ ބިއްލޫރިތައް ވެސް ތަޅާލައިފަ އެވެ. ފިލެޑެލްފިއާގައި ސިޓީ ހޯލުގެ ކައިރިއަށް އިއްވި މީހުން ވަނީ ޓްރަމްޕަކީ އެ މީހުންގެ ރައީސެއް ނޫން ކަމަށާއި އެމެރިކާ އަކީ އެ މީހުންނަށް ރައްކާތެރި ތަނަކަށް ހެދުމަށް ގޮވާލައިފަ އެވެ. ބޯލްޓިމޯގައި 600 ވަރަކަށް މީހުން މުޒާހަރާ ކުރުމުން ޓްރެފިކަށް ވަނީ ބުރޫ އަރައިފަ އެވެ. ސެން ފްރެންސިސްކޯގެ މުޒާހަރާތަކުގައި އިސްކޮށް އުޅުނީ ކިޔަވާ ކުދިންނެވެ. ޝިކާގޯގެ ޓްރަމްޕް ޓަވަރު ކައިރިއަށް ވެސް ބައެއް މީހުން ވަނީ އެއްވެފަ އެވެ. މުޒާހަރާ ކުރި މީހުން ވަނީ ނިއު ޔޯކުގައި ޓްރަމްޕް ދިިރިއުޅުއްވާ ޓްރަމްޕް ޓަވަރު ކައިރިއަށް ވެސް އެއްވެފަ އެވެ.