އޮބާމާއާ ބައްދަލު ކުރުމަކީ ބޮޑު ޝަރަފެއް: ޓްރަމްޕް
އޮބާމާއާ ބައްދަލު ކުރުމަކީ ބޮޑު ޝަރަފެއް: ޓްރަމްޕް

ވޮޝިންޓަން (ނޮވެމްބަރު 10) - ރައީސް ބަރަކް އޮބާމާއާ ބައްދަލު ކުރުމަކީ ބޮޑު ޝަރަފެއް ކަމަށް އެމެރިކާގެ އިންތިޚާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެއްޖެ އެވެ.

އޮބާމާއާ ބައްދަލު ކުރުމަކީ ބޮޑު ޝަރަފެއް: ޓްރަމްޕް
އޮބާމާއާ ބައްދަލު ކުރުމަކީ ބޮޑު ޝަރަފެއް: ޓްރަމްޕް

އޮބާމާގެ ދައުވަތަކަށް ނިއު ޔޯކުން އަމިއްލަ ޖެޓުގައި ވޮޝިންޓަނަށް ވަޑައިގެން ވައިޓް ހައުސްގައި އޮބާމާއާ ބަައްދަލު ކުރެއްވި ޓްރަމްޕް ވިދާޅުވީ ކުރިމަގުގައި ވެސް އޮބާމާއާ ގާތްކަން ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އޮބާމާއާ ބައްދަލު ކުރުމަކީ ބޮޑު ޝަރަފެއް: ޓްރަމްޕް
އޮބާމާއާ ބައްދަލު ކުރުމަކީ ބޮޑު ޝަރަފެއް: ޓްރަމްޕް

އެކަމަކު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ވަނީ ވަރުގަދަ ބަހުގެ ހަމަލާތައް ދެއްވައިފަ އެވެ. އޮބާމާ އަކީ އެމެރިކާ އަށް އުފަން ބޭފުޅެއް ނޫން ކަމަށް ޓްރަމްޕް ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި އެމެރިކާ ދުށް އެންމެ ކަމުނުދާ ރައީސް އަކީ ވެސް އޮބާމާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އޮބާމާ ވަނީ ޓްރަމްޕަކީ ވެރިކަމަށް އެއްގޮތަކަށް ވެސް ކަމުދާ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

ވައިޓްހައުސްގައި ނޫސްވެރިންނަށް ނުވަދެވޭ ގޮތަށް ބޭއްވި ދޮޅު ގަޑިއިރުގެ ބައްދަލުވުމަށް ފަހު އޮބާމާ ވިދާޅުވީ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އޮމާންކަމާ އެކު ވެރިކަން ހަވާލުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ. ދާޚިލީ އަދި ޚާރިޖީ މައްސަލަތަކާ ގުޅޭ ގޮތުން ވެސް ޓްރަމްޕާ އެކު މަޝްވަރާ ކުރެއްވި ކަމަށާއި އޮބާމާގެ ޓީމާ އެކު މަސައްކަތް ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވުމުން ހިތްވަރު ލިބިއްޖެ ކަމަށް އޮބާމާ ވިދާޅުވި އެވެ.

ޓްރަމްޕާ އެކު އަނބިކަނބަލުން މެލަނިއާ ވެސް ވައިޓްހައުސް އަށް ވަޑައިގެންނެވި އެވެ. މެލަނިއާ ވަނީ އޮބާމާގެ އަނބިކަނބަލުން މިޝޭލްއާ ބައްދަލު ކުރައްވައިފަ އެވެ.

ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އޮބާމާ ވަނީ ފޯނު ކުރައްވާ މަރުހަބާ ވިދާޅުވެފަ އެވެ. އަދި ނާކާމިޔާބުވި ކެންޑިޑޭޓް ހިލަރީ ކްލިންޓަން ވެސް ވަނީ ޓްރަމްޕަށް ވެރިކަން ކުރުމުގެ ފުރުސަތު ދެއްވުމަށް ސަޕޯޓަރުންނަށް ގޮވާލައްވައިފަ އެވެ.