އިއްދައިން ކެނޑުމާ އެކު އަންހެނުންގެ ހަނދާން ބަލިވޭ
އިއްދައިން ކެނޑުމާ އެކު އަންހެނުންގެ ހަނދާން ބަލިވޭ

މެދުއުމުރުގެ އަންހެނެއްގެ ހަނދާން، އެ އުމުރުގެ ފިރިހެނަކަށް ވުރެ ރަނގަޅުވާނެ ކަމަށާއި އެކަމަކު އަންހެނުން އިއްދައިން ކެނޑުމަށް ފަހު ހަނދާންތައް ފަނޑުވެގެން ދާންފަށާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ. ދިރާސާގައި ބުނެފައި ވަނީ މިގޮތަށް ދިމާވަނީ އިއްދައިންކެނޑުމުގެ މަރުހަލާގައި އެސްޓްރޮޖެން ލެވަލް ދަށަށް ދާތީ ކަމަށެވެ.

ހަނދާން ބަލިވުމަކީ އުމުރުން ދުވަސްވީ މީހުންގެ އާންމު ޝަކުވާއެކެވެ. ދިރާސާގައި ބުނެފައި ވަނީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން 75 ޕަސެންޓް މީހުންނަށް ހަނދާން ބަލިވުމުގެ މައްސަލަޔާ ކުރިމަތިވާ ކަމަށެވެ. އަދި އިއްދައިންކެނޑުމުގެ މަރުހަލާގައި އަންހެނުންގެ ހަނދާން ބަލިވާން ފެށިޔަސް އުމުރުގެ ގޮތުން އެއް ފުރާގެ ފިރިހެނުންނަށް ވުރެ އަންހެނުންގެ ހަނދާން މާ ރަނގަޅުކަން ފާހަގަކޮށްފައިވެ އެވެ.

"ހަނދާން ބަލިވުމާއި ހަނދާން ނެތުމުގެ މައްސަލާގައި ކުރާ ޝަކުވާ ވަރަށް ސީރިއަސްކޮށް ނަގަން ޖެހޭނެ،" ނޯތު އެމެރިކަން މެނޮޕޯސް ސޮސައިޓީގެ އެގްޒެކަޓިވް ޑިރެކްޓަރު ޖޮއާން ޕިންކާޓަން ވިދާޅުވެފައިވެ އެވެ.

ހާވަޑް މެޑިކަލް ސްކޫލްގެ ރިސާޗަރުން، އުމުރުން 45-55 އަހަރާ ދެމެދުގެ 212 އަންހެނުންނާއި ފިރިހެނުން ބޭނުންކޮށްގެން ކުރި ދިރާސާއަށް ފަހު ބުނެފައި ވަނީ އިއްދައިންކެނޑިފައިވާ އަންހެނުންނަށް ވުރެ އިއްދައިންނުކެނޑޭ އަންހެނުންގެ ހަނދާން ރަނގަޅު ކަމަށެވެ.

"މިއީ އުމުރުން ދުވަސްވީ މީހުންގެ އެސްޓްރޮޖެން ލެވަލް ދަށަށް ދާތީ ދިމާވާ މައްސަލައެއް،" މެނޮޕޯސް ޖާނަލްގެ މި މަހުގެ ނުވަތަ ވަނަ ދުވަހުގެ އަދަދުގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައިވެ އެވެ.