28 ފެބުރުއަރީ 2021 - 23:00

ގއ. ވިލިނގިލީ ފަޅު ތެރޭގައި ލޯންޗަކާއި ދޯންޏެއް ޖެހި، ހަތަރު މީހަކަށް ސީރިއަސް އަނިިޔާތަކެއް ލިބިއްޖެ އެވެ.
ފުލުހުން ބުނީ ވިލިނގިލީ ފަޅުން ނިކުންނަން ދިޔަ ދޯންޏަކާއި ފަޅަށް ވަންނަން އައި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނީ ލޯންޗްގެ ދެ ފަޅުވެރިއަކާއި ދޯނީގެ ދެ ފަޅުވެރިއަކަށެވެ. އެ މީހުންނަށް އެރަށުގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ. އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން ބައެއް މީހުން އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ފުލުހުން ބުނީ އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.