28 ފެބުރުއަރީ 2021 - 22:35

ކޮވިޑް-19 އަށް ރާއްޖެއިން 196 މީހަކު މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 178 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުން ކަމަށެވެ. އަދި ދެން ތިބީ ރިސޯޓްތަކާއި އަތޮޅު ތެރޭގެ ރަށްރަށުން ޕޮޒިޓިވްވި މީހުން ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި އަދަދު 19،700 އިން މައްޗަށް ގޮސްފައިވާއިރު، މިހާރު ފަރުވާ ދެމުން އަންނަނީ 2،475 މީހަކަށެވެ. އޭގެ ތެރެއިން 179 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލްގަ އެވެ.
ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް 62 މީހަކު ވަނީ މަރުވެފަ އެވެ.