ހާލެއްގެ ފައިގައި އެއްސި ވަޅި ހެރި އިންޑިއާ މީހަކު މަރުވެއްޖެ
ހާލެއްގެ ފައިގައި އެއްސި ވަޅި ހެރި އިންޑިއާ މީހަކު މަރުވެއްޖެ

އިންޑިއާގެ ޓެލަންގާނާ ސްޓޭޓްގައި ބަޔަކު އިންތިޒާމުކުރި ހާތެޅުމުގެ މުބާރާތަކަށް ހާލެއްގެ ފައިގައި ވަޅިއެއް އައްސަން އުޅުމުގެ އޭތި ދޫވުމުން ހިފަން އުޅުމުގެ ތެރޭގައި ވަޅި ހެރި ހާލުގެ ވެރިމީހާ މަރުވެއްޖެ އެވެ.

ހާލެއްގެ ފައިގައި އެއްސި ވަޅި ހެރި އިންޑިއާ މީހަކު މަރުވެއްޖެ
ހާލެއްގެ ފައިގައި އެއްސި ވަޅި ހެރި އިންޑިއާ މީހަކު މަރުވެއްޖެ

މީޑީއާތަކުން ބުނީ މިދިޔަ ހޮނިހިރު ދުވަހު ޓެލަންގާގެ ލޮތުނޫރު އަވަށުގައި ހިނގި މި ހާދިސާގައި ހަތް ސެންޓިމީރުގެ ވަޅި ހެރި ހާލުގެ ވެރިމީހާ މަރުވީ ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގައި ކަމަށެވެ. މި ހާދިސާ އަށް ފަހު ހާ މިހާރު އިނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

ހާތެޅުވުމުކީ މަނާ ކަމަކަށް ވާތީ އެފަދަ ހަރަކާތެއް އިންތިޒާމުކޮށް މީހެއްގެ ފުރާނަ ގެއްލެން މެދުވެރިފައިވާތީ ފުލުހުން މިހާރު އަންނަނީ މުބާރާތް އިންތިޒާމުކުރުމުގައި އިސްކޮށް ތިބި ކަމަށް ބެލެވޭ 15 މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެ މީހުންގެ މައްޗަށް އުފުލާނެ ދައުވާތަކުގެ ތެރޭގައި މީހަކު ގަތުލުކުރުމުގެ ދައުވާ އާއި ބެޓްކުރުމުގެ ދައުވާ އާއި ގަވައިދާ ހިލާފަށް ހާތެޅުމުގެ މުބާރާތް އިންތިޒާމުކުރުމުގެ ދައުވާ ހިމެނޭ ކަމަށް ފުލުހުން މީޑިއާތަކަށް ބުންޏެވެ.

ލޮތުނޫރު ފުލުހުންގެ އިންޗާޖް ބީ ޖީވަން ވިދާޅުވީ ހާލުގެ ފައިގައި އެއްސި ވަޅީގެ ސަބަބުން އޭގެ ވެރިމީހާ މަރުވެފައިވާތީ މި މައްސަލާގައި ދައުވާކުރާ މީހުންނަށް ދެކޮޅަށް ހެކީގެ ގޮތުރުގައި ހާލު ކޯޓަށް ވެސް ގެންދާނެ ކަމަށެވެ.

ހާތެޅުމުގެ މުބާރާތްތައް ބޭއްވުމަކީ 1960 ގެ ފަހުން އިންޑިއާގައ މަނާކަމެކެވެ.

މިފަދަ މުބާރާތެއްގެ ތެރޭގައި މިދިޔަ އަހަރު އަންދަރްޕަދޭޝް އިން ވެސް މީހަކު މަރުވެފައިވެ އެވެ.