ރެޕްކުރާ މީހުންނަށް ފޭސްބުކުން އެޕެއް ލޯންޗްކޮށްފި
ރެޕްކުރާ މީހުންނަށް ފޭސްބުކުން އެޕެއް ލޯންޗްކޮށްފި

ރެޕްކުރާ މީހުންނަށް ހާއްސަކޮށްގެން ފޭސްބުކުން "ބާސް" ގެ ނަމުގައި އެޕެއް ލޯންޗްކޮށްފި އެވެ.

މި އެޕަކީ ޓިކްޓޮކް ގޮތަށް ކުރު ވީޑިއޯކޮޅުތައް ރެކޯޑްކޮށްފައި އަޕްލޯޑްކުރެވޭ ގޮތަށް، "ބާސް" އިން ދޭ މިއުޒިކަށް ރެޕްކޮށްފައި ކުރު ވީޑިއޯ އަޕްލޯޑްކުރެވޭ ހިދުމަތެކެވެ. މި އެޕް މިހާރު އެޕް ސްޓޯރުން ޑައުންލޯޑްކުރެވޭނެ އެވެ.

ފޭސްބުކުން ބުނެފައިވާ ގޮތުގައި "ބާސް" އަކީ ރެޕްކުރަން ދަސްކުރަން ބޭނުންވާ މީހުންނާއި އެކަން މިހާރު ވެސް ކުރާ މީހުންގެ އިތުރަށް ތަރައްގީކުރަން ހިތްވަރު ލިބޭ ގޮތަށް ފަރުމާކޮށްފައިވާ އެޕެކެވެ. އެގޮތުން އެޕްގައި ތިން ލެވެލްއަކަށް ރެޕްކުރެވޭނެ އެވެ. އެއީ ބިގިނާޒް، އިންޓަމީޑިއޭޓް އަދި އެޑްވާންސެވެ.

"ބާޒް" އަށް އަޕްލޯޑްކުރާ ރެޕް ވީޑިއޯތައް ބަލާ މީހުންނަށް ކަމުދާ ނަމަ އެ އެއްޗެހި "ފަޔާ" ގެ ގޮތުގައި މާކް ވެސް ކުރެވޭނެ އެވެ.

ފޭސްބުކުން ބުނީ "ބާސް" އަކީ "ސްޓޫޑިއޯ ވޯކަލް އިފެކްޓްސް" ވެސް ގެނެވޭނެ ވަރަށް ޝައުގުވެރި އެޕެއް ކަމަށާއި މީގެ ސަބަބުން ރެޕްގެ ހުނަރު ވަރަށް ބޮޑަށް ތަރައްގީކުރެވޭނެ ކަމަށެވެ.

"ބާސް" އަކީ ފޭސްބުކްގެ ނިއު ޕްރޮޑަކްޓް އެކްސްޕެރިމެންޓޭޝަން ގްރޫޕްގެ އުފެއްދުމެކެވެ.