28 ފެބުރުއަރީ 2021 - 09:55

ކޮވިޑް-19 ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދިޔަ 62 އަހަރުގެ އަންހެނަކު މިއަދު މަރުވެ މިހާތަނަށް ރާއްޖޭން މި ބަލީގައި މަރުވި މީހުންގެ އަދަދު 62 އަށް އަރައިފި އެވެ.
މި ބަލި މިހާރު ހަލުވި ކަމާ އެކު ފެތުރެމުން ދާއިރު ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު ވެސް ވަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އިއްޔެ ވެސް ކޮވިޑް ޖެހިގެން މީހަކު މަރުވި އެވެ.
މިއަދު މަރުވި މީހާއާ އެކު، މި އަހަރުގެ މިހާތަނަށް ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 14 އަށް އަރައިފަ އެވެ.
ހަލުވި ކަމާ އެކު ކޮވިޑް ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށި ކުރި ނަމަވެސް ބަލި ފެތުރުން އަދިވެސް ކޮންޓްރެއް ނުވެ އެވެ. އެހެްވެ ގައިދުރުކުރުން އިތުރުކޮށް، ބޭރަށް ނުކުމެ އުޅުން މަދުކުރުމަށް ސިއްީ މާހިރުން އަންނަނީ އިލްތިމާސްކުރަމުންނެވެ.
މިހާރު ވަނީ މާލެ ސަރަހައްދުގެ ސްކޫލްތައް ވެސް ގްރޭޑް އަށަކުން ދަށަށް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ބަދަލު ކޮށްފަ އެވެ. އަދި ރޭގަނޑު ވެހިކަލް ދުއްވުން ވެސް މަނާކޮށް، މީހުން ބޭރުގައި އުޅުން މަދުވާނެ ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ.
ބަލިން ރައްކާތެރިވާން ވެކްސިން ޖެހުމުގެ މަސައްކަތް ބާރަށް ދަނީ ކުރިއަށެވެ. އިއްޔެގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ 105،492 މީހަކަށް ވަނީ ދީފަ އެވެ.
މިހާތަނަށް ރާއްޖޭގައި ކޮވިޑް ޖެހިފައި ވަނީ 19،597 މީހުން އަށެވެ. އޭގެ ތެރެއިން ބައްޔަށް މިވަގުުތު ފަރުވާ ހޯދަނީ 2،397 މީހުންނެވެ.