27 ފެބުރުއަރީ 2021 - 13:22

ދިރާގު ޓީވީގެ ހިދުމަތް ގުޅައިދިނުމާއި ޖޯއި ބޮކްސް ހިލޭ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.
"ފީ ފްރީ"ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ކަނެކްޝަނާއި ޖޮއި ބޮކްސް ހިލޭ ލިބޭނީ ދިރާގު ފިކްސްޑް ބްރޯޑް ބޭންޑުގެ ހިދުމަތް ބޭނުން ކުރާ ކަސްޓަމަރުންނަށެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މެއި މަހުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަނުގެ ދަށުން ދިރާގު ޓީވީ ކަނެކްޝަނަށް އެދޭ މީހުންގެ މެދުގައި ލަކީޑްރޯއެއް ވެސް ބާއްވާނެ އެވެ. މި ލަކީޑްރޯގައި ހޮވޭ 20 މީހަކަށް ހަ މަސް ދުވަސް ވަންދެން ދިރާގު ޓީވީގެ ހިދުމަތް މުޅިން ހިލޭ ލިބޭނެ އެވެ.
ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އަދި އެންމެ ފުރަތަމަ އެޗްޑީ ކޮލިޓީގައި ޓީވީ ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ފޯރުކޮށްދޭ ޑިޖިޓަލް ޓީވީގެ ހިދުމަތެވެ. އެގޮތުން މި ހިދުމަތް މެދުވެރިކޮށް 100 އަށް ވުރެ ގިނަ ޗެނަލް މިހާރު ބަލައިލެވެ އެވެ.
ދިރާގު ޓީވީ، ރާއްޖޭގެ 77 ޕަސެންޓް ގޭބިސީއަށް ލިބެ އެވެ. އޭގެ ތެރޭގައި 54 ރަށް ހިމެނޭއިރު ފިކްސްޑް ބްރޯޑް ބޭންޑުގެ ހިދުމަތް ނުލިބޭ ރަށްރަށަށް ވެސް ދިރާގު ޓީވީ ލިބެ އެވެ.