ކޮވިޑު ބަލިކުރި 85 އަހަރުގެ ޒުލެއިޚާ: މި ވޭނުން ސަލާމަތްވާން ވެކްސިން ޖަހާ!
ކޮވިޑު ބަލިކުރި 85 އަހަރުގެ ޒުލެއިޚާ: މި ވޭނުން ސަލާމަތްވާން ވެކްސިން ޖަހާ!

ކޮވިޑް-19 ގެ އަލާމާތްތައް ފެނި ޒުލެއިހާ މޫސާ ތިން ފަހަރަކު ޓެސްޓްކުރި އެވެ. އެންމެ ފަހުން މިދިޔަ ސެޕްޓެމްބަރު މަހު ކުރި ޓެސްޓުން ޕޮޒިޓިވްވެ އޭނާގެ ދެ އަންހެން ދަރިންނާ އެކު ޒުލެއިހާ ބަދަލުކުރީ ހުޅުމާލެ މެޑިކަލް ފެސިލިޓީއަށެވެ.

ކޮވިޑު ބަލިކުރި 85 އަހަރުގެ ޒުލެއިޚާ: މި ވޭނުން ސަލާމަތްވާން ވެކްސިން ޖަހާ!
ކޮވިޑު ބަލިކުރި 85 އަހަރުގެ ޒުލެއިޚާ: މި ވޭނުން ސަލާމަތްވާން ވެކްސިން ޖަހާ!

ވެކްސިން ޖެހުމަށް ހިތްވަރު ދީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ އާއްމުކުރި ވީޑިއޯއެއްގައި ޒުލެއިހާ، 85، ބުނި ގޮތުގައި މެޑިކަލް ފެސިލިޓީއަށް ގެންދިޔައިރު ހުން އައުމާއި ކާ އެއްޗެހިން ރަހަ ނުލުމާއި ގައިގައި ރިއްސުން ފަދަ އުނދަގޫތައް ހުއްޓެވެ. އޭނާ އަކީ ކޮވިޑަށް ޕޮޒިޓިވްވުމުގެ ކުރިން ދުވަހަކު ވެސް ގައިގައި ރިއްސައިގެން އުޅުނު މީހެއް ނޫން ކަމަށް ބުންޏެވެ.

ކޮވިޑު ބަލިކުރި 85 އަހަރުގެ ޒުލެއިޚާ: މި ވޭނުން ސަލާމަތްވާން ވެކްސިން ޖަހާ!
ކޮވިޑު ބަލިކުރި 85 އަހަރުގެ ޒުލެއިޚާ: މި ވޭނުން ސަލާމަތްވާން ވެކްސިން ޖަހާ!

އޭނާ ބުނި ގޮތުގައި ހުން އައިސް ގައިގައި ރިއްސަން ފެށީ ކޮވިޑުގެ ސަބަބުންކަން އެނގުމުން ވަރަށް ދެރަވި އެވެ.

ކޮވިޑު ބަލިކުރި 85 އަހަރުގެ ޒުލެއިޚާ: މި ވޭނުން ސަލާމަތްވާން ވެކްސިން ޖަހާ!
ކޮވިޑު ބަލިކުރި 85 އަހަރުގެ ޒުލެއިޚާ: މި ވޭނުން ސަލާމަތްވާން ވެކްސިން ޖަހާ!

"ފުރަތަމަ ހިތަށް އެރި، މީހުން ބުނެއެއްނު ފަސްގަނޑެއް ނާންނާނެއޭ މަސްގަނޑޭ ދާނީ ދެން. އަޅުގަނޑު ހިތަށް އެރީ އަޅުގަނޑު ހުޅުމާލެ ސަހަރާއަށް ދާންޖެހޭނީ ކަންނޭނގެއޭ،" ކޮވިޑުގެ ހައި ރިސްކް ކެޓަގަރީގައި ހިމެނޭ ޒުލެއިހާ ބުންޏެވެ.

އޭނާ ބުނީ ފެސިލިޓީއަށް ގެންދިއުމާ ހަމައަށް އެމްބިއުލާންސްގައި ތިބި ރެޑްކްރެސެންޓުގެ އެހީތެރިން ދިޔައީ ސަކަރާތް ޖަހައި މަޖާ ވާހަކަ ދައްކަމުންނެވެ. ފެސިލިޓީގައި އެންމެން އުޅުނީ ވަރަށް ގާތްކޮށް ކަމަށާއި އެ ތަނުން ލިބުނީ އިތުރު ރައްޓެހިންތަކެއް ކަމަށް ޒުލެއިހާ ބުންޏެވެ.

"މިހެން ދުވާލު ހަތަރު ދަމު އިންނައިރު ތަނަކަށް ތަދެއް ނުވޭ. އެކަމު އޭރު މި ހުރިހާ ތަނެއްގައި ރިއްސަނީ، އަތް ގުޑުވާލާކަށް ވެސް ނުކެރޭ. ދެން އިތުރު ރައްޓެހިންތަކަކާއި ރަހުމަތްތެރިންތަކެއް ލިބުނީ އެ ތަނުން،" ހިނިގަނޑެއް ޖަހާލަމުން ޒުލެއިހާ ބުނެ އެވެ.

ކޮވިޑުން ދިފާއުވުމަށް ރާއްޖޭގައި މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވެކްސިން ޖަހަމުންނެވެ. ނަމަވެސް ތިން ވަނަ ހަފުތާއަށް އެޅިއިރު، ހަލުއިކަމާއެކު ބަލި ފެތުރެމުންދާ މާލެ ސަރަހައްދުން ވެކްސިނަށް އޮތް ތަރުހީބު ކުޑަވާން ވަނީ ފަށައިފަ އެވެ.

ޒުލެއިހާ ބުނީ ތުއްތު ކުދިންނަށް ވެސް ވެކްސިން ދިނުމުން އެ ކުއްޖަކަށް އުނދަގޫވެ ނުނިދާ ރޮއެ އުޅޭ ކަމަށާއި ބޮޑެތި މީހުން އެކަން ވިސްނެންޖެހޭނެ ކަމަށެވެ.

ވެކްސިން ޖަހަންވީ، ޒުލެއިހާ ބުނި ގޮތުގައި، ބައްޔާއި ވެކްސިން ޖެހުމުން ދިމާވާ އުނދަގޫތަކަށްވުރެ އެކަމުން ކުރާ ފައިދާތައް ބޮޑުވުމުންނެވެ.

"މި ގޭ ހުރިހާ އެންމެން ވެސް މިހާރު ގާތްގަނޑަކަށް ވެކްސިން ޖަހައިފި. އަޅުގަނޑު ބޭނުންވަނީ ހުރިހާ އެންމެން ވެސް ވެކްސިން ޖަހަން. އަޅުގަނޑުގެ އަމުރެއް ހިނގާ މީހެއް ތިބިއްޔާ ވެކްސިން ނުޖަހައެއް ނުކެރޭނެ އުޅޭކަށް،" ޒުލެއިހާ ބުންޏެވެ.

ރާއްޖޭގެ އެކި ހިސާބުތަކުން ރެއާ ހަމައަށް 85،000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައި ވެ އެވެ. ކަމާބެހޭ އިދާރާތަކުން އަންނަނީ ވީހާ ވެސް އަވަހަކަށް ވެކްސިން ޖަހަން ބާރުއަޅަމުންނެވެ.