ސްޓެލްކޯ: ވަޒީފާ ގެއްލުނު އެތައް ބައެއްގެ އެހީތެރިޔާ
ސްޓެލްކޯ: ވަޒީފާ ގެއްލުނު އެތައް ބައެއްގެ އެހީތެރިޔާ

ކޮވިޑް-19އާ ގުޅިގެން އިގްތިސާދަށް ކުރި އަސަރުގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. އަމިއްލަ މަސައްކަތް ކުރާ މީހުންނާއި ޕްރައިވެޓް އޮފީސްތަކުގައި މަސައްކަތް ކުރާ މީހުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. މިފަދަ ދަނޑިވަޅެއްގައި ސްޓެލްކޯއިން "މިނިވަން މަސައްކަތްތެރިން" ހޯދަން ކުރި އިއުލާނަކީ ވަޒީފާ ގެއްލުނު ގިނަ ބަޔަކަށް ބޮޑު އެހީއެކެވެ.

ސްޓެލްކޯ: ވަޒީފާ ގެއްލުނު އެތައް ބައެއްގެ އެހީތެރިޔާ
ސްޓެލްކޯ: ވަޒީފާ ގެއްލުނު އެތައް ބައެއްގެ އެހީތެރިޔާ

މިދިޔަ އަހަރުގެ ފަހުކޮޅު ސްޓެލްކޯއިން ވަނީ އެ ކުންފުނިން ކޮންޓްރެކްޓް އުސޫލުން ދޭ ބައެއް މަސައްކަތްތައް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ ބަދަލުގައި ދުވަހު މުސާރަ ލިބޭ ގޮތަށް އާންމު ފަރުދުންނަށް ދޭން ނިންމައިފަ އެވެ. މި އިއުލާނާ އެކު ގިނަ ޒުވާނުންތަކެއް ކުރިމަތިލި އެވެ. އޭގެ ތެރެއިން އިންޓަވިއު އާއި ފިޒިކަލް ޓެސްޓު ނިންމާފައިވާ 12 މީހުން މިވަގުތު އަންނަނީ ސްޓެލްކޯގެ ސައިޓުތަކުގައި މަސައްކަތް ކުރަމުންނެވެ.

ސްޓެލްކޯ: ވަޒީފާ ގެއްލުނު އެތައް ބައެއްގެ އެހީތެރިޔާ
ސްޓެލްކޯ: ވަޒީފާ ގެއްލުނު އެތައް ބައެއްގެ އެހީތެރިޔާ

"މިނިވަން މަސައްކަތެރިން"ގެ ގޮތުގައި ސްޓެލްކޯގައި މިވަގުތު މަސައްކަތް ކުރާ ގިނަ މީހުންގެ ވަޒީފާ ވަނީ ކޮވިޑް-19ގެ ސަބަބުން ގެއްލިފަ އެވެ. މާލެއަށް ނިސްބަތްވާ 22 އަހަރުގެ ހުސައިން ޝާހުއަކީ ވެސް އޭގެ ތެރެއިން އެކެކެވެ.

ސްޓެލްކޯ: ވަޒީފާ ގެއްލުނު އެތައް ބައެއްގެ އެހީތެރިޔާ
ސްޓެލްކޯ: ވަޒީފާ ގެއްލުނު އެތައް ބައެއްގެ އެހީތެރިޔާ

ހުސައިން މަސައްކަތް ކުރަމުން އައީ ޕްރިންޓާ ޓެކްނީޝަނެއްގެ ގޮތުގަ އެވެ. ވަޒީފާ ގެއްލުމުގެ ސަބަބުން އާމްދަނީ ލިބޭ ދޮރު ބަންދުވެ ދިރިއުޅުމުގެ ކަންކަން ފުރިހަމަކުރަން ދަތިތަކާ ދިމާވި އެވެ. ނަމަވެސް ސްޓެލްކޯ އިން ލިބުނީ މި ހާލަތުގައި އާމްދަނީ ހޯދަން ރަނުގެ ފުރުސަތެއް ކަމަށް، ހުސެއިން ގަބޫލުކުރެ އެވެ.

ސްޓެލްކޯ: ވަޒީފާ ގެއްލުނު އެތައް ބައެއްގެ އެހީތެރިޔާ
ސްޓެލްކޯ: ވަޒީފާ ގެއްލުނު އެތައް ބައެއްގެ އެހީތެރިޔާ

އޭނާ ބުނީ ވަޒީފާ ގެއްލުމުން ބޭނުންވީ ހަލާލު ކޮންމެ މަސައްކަތެއް ކޮށްގެން ވެސް އާމްދަނީ ހޯދަން ކަމަށެވެ. އެގޮތުން، ސްޓެލްކޯގެ މިނިވަން މަސައްކަތްތެރިއަކަށް ވާން ކުރިމަތިލުމަކީ އޭނާއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ބުންޏެވެ. އަދި ވަޒީފާ ގެއްލުނު އެހެން ޒުވާނުން ވެސް މި ފުރުސަތުގެ ބޭނުން ހިފަން އޭނާ ވަނީ ގޮވާލައިފަ އެވެ.

"ގިނަ ޒުވާނުންނަށް މިކަހަލަ މަސައްކަތްތައް ކުރަން ނުކެރެނީ. އަޅުގަނޑު ބުނާނީ އެއްވެސް މަސައްކަތަކީ ހަޑި މަސައްކަތެއް ނޫނޭ. މި މަސައްކަތް ކޮށްގެން ވެސް ވަރަށް ރަނގަޅު އާމްދަނީއެއް އެބަ ލިބޭ. އެހެންކަމުން މިއީ މި ހާލަތުގައި ވަޒީފާ ނެތިފައި ތިބި ޒުވާނުންނަށް ވަރަށް ރަނގަޅު ފުރުސަތެއް،" ހުސައިން ބުންޏެވެ.

އޭނާ ވަނީ މި ހާލަތުގައި ޒުވާނުންނަށް އެހީވާން ސްޓެލްކޯއިން އިސްނަގައިން ކުރިއަށްގެންދާ މި ހަރަކާތަށް ޝުކުރު ވެސް އަދާކޮށްފަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ އަދަދެއްގެ ޒުވާނުން "މިނިވަން މަސައްކަތްތެރިން"ގެ ގޮތުގައި ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

ސްޓެލްކޯގެ މިނިވަން މަސައްކަތްތެރިއަކަށް ވާން ބޭނުންވަނީ ހަމައެކަނި އަސާސީ ތައުލީމުގެ ފެންވަރު ހުރުމާއި ސިއްހަތު ރަނގަޅުވުމެވެ. މި މަގާމަށް ހޮވާ މީހުންނަށް ދުވާލަކު ހަތް ގަޑިއިރު މަސައްކަތްކޮށް ދުވާލަކަށް 425ރ. ލިބޭނެ އެވެ. މި މަސައްކަތްތެރިންނަށް އެ މީހަކު ބޭނުން ދުވަސްތަކެއްގައި ބޭނުން ގަޑިއިރަކަށް މަސައްކަތް ކުރުމުގެ އިހުތިޔާރު ވެސް ސްޓެލްކޯއިން ވަނީ ދީފަ އެވެ.

މިނިވަން މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ 37 އަހަރުގެ މުހައްމަދު ވަހީދަކީ ވެސް ކޮވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލުނު މީހެކެވެ. އޭނާ ބުނިގޮތުގައި އާމްދަނީ ހޯދާނެ އިތުރު ގޮތެއް ނެތި އާއިލާއާ އެކު ހާލުގައި އުޅެނިކޮށް އެހީއަކަށް ވީ ސްޓެލްކޯގެ މި ޕްރޮގްރާމެވެ.

ވަހީދު ސްޓެލްކޯގެ މިނިވަން މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތް ކުރާތާ މަސް ދުވަސް ވެއްޖެ އެވެ. އޭނާ ބުނި ގޮތުގައި މި މަސައްކަތް ކޮށްގެން އޭނާއަށް މިހާރު މަހަކު 13،000ރ.-14،000ރ. އާ ދެމެދުގެ މުސާރައެއް ލިބެ އެވެ.

"ކޮވިޑާ އެކު އަޅުގަނޑުގެ ވަޒީފާ ގެއްލި ދިރިއުޅުމުގެ ހާލަތު ހަމަ ސުމަކަށް ވެއްޓިގެން ދިޔައީ. ތިން ކުދިންނާއި އަނބިމީހާ ގޮވައިގެން ވަރަށް ބޮޑު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު. ސްޓެލްކޯއިން މި ފުރުސަތު ދިނުމާ އެކު މަޑުމަޑުން ދިރިއުޅުމުގެ ހާލަތު އަންނަނީ ރަނގަޅުވަމުން،" ވަހީދު ބުންޏެވެ.

ސްޓެލްކޯއިން ވަނީ މިނިވަން މަސައްކަތްތެރިންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި އަހަރު ނިމެންދެން ހުޅުވާލައިފަ އެވެ. މި މުއްދަތުގެ ތެރޭގައި ކުރިމަތިލާ މީހުންގެ ރަޖިސްޓްރީއެއް އެ ކުންފުނިން އެކުލަވައިލާނެ އެވެ. މި ރަޖިސްޓްރީގައި ނަން ނޯޓު ކުރުމަށް މާލޭގެ އިތުރުން ސްޓެލްކޯގެ މަސައްކަތްތައް ކުރިއަށްދާ ކޮންމެ ރަށެއްގެ މީހަކަށް ވެސް ކުރިމަތިލެވޭނެ އެވެ.

ސްޓެލްކޯއަކީ ކޮންޓްރެކްޓަރުން ލައްވާ ގިނަ މަސައްކަތްތަކެއް ކުރާ ކުންފުންޏެކެވެ. އެހެންކަމުން އެ ކުންފުނީގައި މިނިވަން މަސައްކަތްތެރިންގެ ގޮތުގައި ރަޖިސްޓްރީވާ މީހުންނަށް ދިގު މުއްދަތަކަށް ކުރިއަށްގެންދާ ޕްރޮޖެކްޓުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.

މީގެ އިތުރުން އެކި ރަށްރަށުން ކުރު މުއްދަތަކަށް މާލެ އަންނަ މީހުންނަށް ވެސް އެ މުއްދަތުގައި އާމްދަނީ ހޯދަން މަސައްކަތް ކުރުމުގެ ފުރުސަތު ސްޓެލްކޯއިން ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.