23 ފެބުރުއަރީ 2021 - 17:35

ވެކްސިން ޖަހަން ބޭނުންވާ 100،000 ސިރިންޖު، ކޮވިޑް-19 ވެކްސިން ގްލޯބަލް އެކްސެސް (ކޮވެކްސް) ފެސިލިޓީން މިއަދު ރާއްޖެއަށް ދީފި އެވެ.
މިއީ ބައިނަލްއަގްވާމީ ސިއްހަތު ޖަމިއްޔާތަކެއް ގުޅިގެން ގިނަ ބަޔަކަށް ފަސޭހައިން ވެކްސިން ލިބޭނެ ގޮތް ހަމަޖައްސަން ހަދާފައިވާ ފެސިލިޓީއެކެވެ. ކޮވިޑް ވެކްސިނާއި ވެކްސިން ދިނުމަށް ބޭނުންވާ ސާމާނު ވެސް މި ފެސިލިޓީން އަންނަނީ ގައުމުތަކަށް ފޯރުކޮށްދެމުންނެވެ.
އެޗްއީއޯސީން ބުނީ މިއަދު 100،000 ސިރިންޖު ކޮވެކްސް އިން ލިބިފައިވާ ކަމަށެވެ. ނަމަވެސް މިއަދު ކޮވެކްސް އިން ވެކްސިން ނުލިބޭ ކަމަށް ބުންޏެވެ.
ރާއްޖޭގައި މިހާތަނަށް 80،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ޖަހާފައި ވާއިރު ކޮވެކްސް ފެސިލިޓީން އަދި ރާއްޖެއަށް ވެކްސިނެއް ނުލިބެ އެވެ.
މިދިޔަ މަހު އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒު ރާއްޖެއަށް އިންޑިއާ އިން ހަދިޔާކުރުމާ އެކު ދެމުން އަންނަނީ އެ ވެކްސިނެވެ. ކޮވެކްސް އިން ދޭ ވެކްސިން ވެސް މި މަހު ލިބޭނެ ކަމަށް ކުރިން ބުނެފައިވެ އެވެ.
މިހާތަނަށް ރާއްޖެއިން 18،930 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އަދި ބަލި ޖެހުނު 60 މީހަކު ވަނީ މަރުވެފަ އެވެ.