މަމެން ޑޭޓާ އެޑް-އޯންތަކުން 50 ޕަސެންޓް ޑިސްކައުންޓް
މަމެން ޑޭޓާ އެޑް-އޯންތަކުން 50 ޕަސެންޓް ޑިސްކައުންޓް

ދިރާގުން މަމެން ޑޭޓާ އެޑް-އޮން އިން އަނެއްކާ ވެސް ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގައި، 50 ޕަސެންޓްގެ ޑިސްކައުންޓް ޑޭޓާ އެޑް އޮންތަކުން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ލިބޭނެ އެވެ. މި ޕްރޮމޯޝަން ނިމުމާ އެކު ކުރީގެ ޕްރޮމޯޝަނުގައިވާ ގޮތަށް ކަސްޓަމަރުންނަށް 15 ޕަސެންޓް ޑިސްކައުންޓް މަމެން ޑޭޓާ އެޑް-އޯންތަކުން ލިބޭނެ އެވެ.

ޑޭޓާ އެޑް-އޮން ނަގަން ބޭނުންވާ ކަސްޓަމަރުންނަށް، މަމެން އެޕްލިކޭޝަން މެދުވެރިކޮށް، ލިބެން ހުންނަ އެޑް-އޮންތައް "އެޑް-އޮންސް" ޓެބުން ބަލާއިލެވޭނެ އެވެ. ޕެކޭޖްތަކުގެ އަދަދު ދައްކާފައި ހުންނާނީ "އާރްބީ" އިންނެވެ. އަދި ޕެކޭޖް ގަތުމާ އެކު "އާރްބީ"ގެ ބެލެންސުން ކެނޑޭނެ އެވެ. ހުރިހާ ކަސްޓަމަރުން ވެސް އެޑްއޮން ގަތުމުގެ ކުރިން އެކައުންޓް ބެލެންސް ނުވަތަ ބާކީ ޗެކް ކުރުމަށް ދިރާގުން އިލްތިމާސްކޮށްފައިވެ އެވެ.

އެކައުންޓްގެ ބާކީ ބެލުމަށް މަމެން މޮބައިލް އެޕް ނުވަތަ 727 އަށް އެސްއެމްއެސް ކޮށްގެން ނުވަތަ *142# އަށް ގުޅައިގެން ބަލާއިލެވޭނެ އެވެ.

ދިރާގުން ވަނީ ހާއްސަ ޑޭޓާ އެޑް-އޮން ޕެކޭޖްތައްކެއް ވެސް ތައާރަފްކޮށްފަ އެވެ. މި އެޑް-އޮންތައް ހަދާފައިވަނީ ޗެޓް، ސޯޝަލް މީޑިއާ އަދި ސްޓްރީމިންގެ ބޭނުންތަކަށް ހާއްސަ ކޮށްގެންނެވެ. ކަސްޓަމަރުންނަށް ހަތް ދުވަހާއި 15 ދުވަސް އަދި 30 ދުވަހުގެ މުއްދަތު ހިމެނޭ އެޑް-އޮން ނެގޭނެ އެވެ.

ދިރާގު މަމެން އަކީ ޒުވާނުންނަށް އަމާޒުކޮށްގެން ތައާރަފުކުރި، އެ މީހަކު ބޭނުންވާ ގޮތަކަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އަމިއްލައަށް ކަނޑައެޅޭގޮތަށް އުފެއްދި މޯބައިލް ޕްލޭނެކެވެ.