މުވައްޒަފުން ތަމްރީނުކުރަން އޮންދިގޯ އިން ވިލާ ކޮލެޖާ އެކު އެއްބަސްވެއްޖެ
މުވައްޒަފުން ތަމްރީނުކުރަން އޮންދިގޯ އިން ވިލާ ކޮލެޖާ އެކު އެއްބަސްވެއްޖެ

މުވައްޒަފުން ތަމްރީން ކުރުމަށް އޮންދިގޯ އިން ވިލާ ކޮލެޖާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މުވައްޒަފުން ތަމްރީނުކުރަން އޮންދިގޯ އިން ވިލާ ކޮލެޖާ އެކު އެއްބަސްވެއްޖެ
މުވައްޒަފުން ތަމްރީނުކުރަން އޮންދިގޯ އިން ވިލާ ކޮލެޖާ އެކު އެއްބަސްވެއްޖެ

އޮންދިގޯ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާމަން މުހައްމަދު ޖުނައިދެވެ. ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ވައިސް ރެކްޓާ، ރިސާޗް އެންޑް އިނޮވޭޝަން ޑރ. މުހައްމަދު އާދިލެވެ.

މި އެއްބަސްވުމުގެ ދަށުން ވިލާ ކޮލެޖުން އޮންދިގޯގައި މަސައްކަތްކުރާ މުވައްޒަފުން އެކި ދާއިރާތަކުން ތަމްރީން ކުރާނެ އެވެ. މި ޕްރޮގްރާމުގެ ދަށުން މުވައްޒަފުން ތަމްރީން ކުރުމަށް އިތުރު އެއްވެސް ފީއެއް ނުނަގާނެ ކަމަށް އޮންދިގޯއިން ބުންޏެވެ.

އެ ކުންފުނީގެ ޗެއާމަން މުހައްމަދު ޖުނައިދު ވިދާޅުވީ މުވައްޒަފުންނަކީ ކޮންމެ ވިޔަފާރިއެއްގެ ވެސް އެންމެ މުހިންމު ރައުސުލްމާލު ކަމަށެވެ. އެހެންވެ ކޮންމެ ވިޔަފާރިއެއް ވެސް ކުރިއެރުވުމަށް މުވައްޒަފުންނާއި ތައުލީމާއި ތަމްރީން ދިނުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

ޖުނައިދު ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނީ މުވައްޒަފުން ކުރިއެރުވުމަށް ކަމަށެވެ. އަދި އެ ކުންފުނީގެ ވަޒީފާއިން ވަކިވިޔަސް އެ މުވައްޒަފަކީ މުޖުތަމައަށް ފައިދާހުރި މީހަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އެއްބަސްވުމުގެ ދަށުން ކިޔަވާ މުވައްޒަފުން ކުންފުންޏަށް ހިދުމަތްކުރަން ޖެހޭނެ ކަމަށް ބުނެ އެއްބަސްވުމެއްގައި ސޮއިކުރަން ނުޖެހޭނެ. މިއީ ހަމަ މުވައްޒަފުން ވަޒީފާގެ ރޮނގުން ކުރިއެރުވުމަށް ކުރިއަށްގެންދާ ކަމެއް. މީގެ ބޭނުމަކީ މާދަމާ ވެސް މިތަނުން ކެނޑިގެން މުޖުތަމައަށް ނުކުންނައިރު ހުނަރުވެރި މީހެއްގެ ގޮތުގައި ނުކުތުން،" ޖުނައިދު ވިދާޅުވި އެވެ.

މި އެއްބަސްވުމާ ގުޅޭ ގޮތުން ވިލާ ކޮލެޖުގެ ޑީން އޮފް ރިސާޗް ޑރ. އަހުމަދު ޝާހިދު ވިދާޅުވީ ކޮންމެ ކުންފުންޏަކުން ވެސް ވިޔަފާރި ކުރިއަރުވަން މުވައްޒަފުން ތަމްރީން ކުރަން ޖެހޭ ކަމަށެވެ. އަދި އަމިއްލައަށް ތަމްރީން ދިނުމުގެ ބަދަލުގައި އިންޓްިޓިއުޓްތަކާ ގުޅިގެން ތަމްރީން ދިނުން މުހިންމު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.