ޝާހީ އާއިލާގެ ގަނޑުވަރެއް ޔޫރޯއަކަށް ވިއްކާލުމުން ކޯޓަށް
ޝާހީ އާއިލާގެ ގަނޑުވަރެއް ޔޫރޯއަކަށް ވިއްކާލުމުން ކޯޓަށް

މޮނާކޯގެ ޕްރިންސެސް ކެރޮލީންގެ ކުރީގެ ފިރިކަލުން ހެނޯވާގެ ޕްރިންސް އާންސްޓް އޮގަސްޓް އޭނާގެ ދަރިކަލުންނަށް ދެއްވި އަގު ބޮޑު މުދާތަކުގެ ތެރެއިން ޖަރުމަންގައި ހުންނަ އެތައް މިލިއަން ޑޮލަރުގެ ގަނޑުވަރެއް އެންމެ ޔޫރޯއަކަށް އޮގަސްޓް ޖޫނިއާ ވިއްކާލި މައްސަލަ ކޯޓަށް ހުށަހަޅުއްވައިފި އެވެ.

ޝާހީ އާއިލާގެ ގަނޑުވަރެއް ޔޫރޯއަކަށް ވިއްކާލުމުން ކޯޓަށް
ޝާހީ އާއިލާގެ ގަނޑުވަރެއް ޔޫރޯއަކަށް ވިއްކާލުމުން ކޯޓަށް

މީޑިއާތަކުން ބުނީ އޮގަސްޓް، 66، ދަރިކަލުންގެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ އާއިލާ އަށް ނިސްބަތްވާ ގަދީމީ ގަނޑުވަރު ޖަރުމަންގެ ލޯވާ ސަކްސަނީގެ ކަމާބެހޭ ފަރާތަށް ވިއްކާލާފައިވާތީ އެކަމާ ހިތްޕުޅާނުވެގެންނެވެ. ސަބަބަކީ އެތަން އެގޮތަށް ދޫކޮށްލައިފި ނަމަ އާއިލީ ތަރިކައެއް އެއްކޮށް ބީވެގެން ދިއުމާއި އާންމުންނަށް އެނގެން ނުޖެހޭ މައުލޫމާތުތަކެއް ވެސް ބޭރުވެދާނެތީ އެވެ.

ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ބުނެފައި ވަނީ ޖަރުމަންގެ ހެރެންހޯޒެން ޑިސްޓްރިކްޓްގައި ހުންނަ "މެރިއަންބާގް ކާސަލް" ވިއްކާލުމަކީ 37 އަހަރުގެ ދަރިކަލުން ހެއްދެވި ވަރަށް ބޮޑު ގޯހަކަށްވާތީ އެތަން ނުއަގުގައި ވިއްކާލި މައްސަލަ އިޔާދަކޮށް ދިނުމަށެވެ. އަދި ބޭނުންވަނީ އެ ގަނޑުވަރު ޝާހީ އާއިލާގެ ތަނެއްގައި ގޮތުގައި ބަހައްޓަން ކަމަށް ވެސް ބުނެފައިވެ އެވެ. ގަނޑުވަރު ވިއްކާލި މައްސަލަ ކޯޓަށް ހުށަހެޅި އިރު ދަރިކަލުންނަށް އޮގަސްޓް، ހެރެންހޯޒެން އިން ދެއްވި އާއިލާ އަށް ނިސްބަތްވާ އިތުރު ދެ އިމާރާތެއް އަނބުރާ އަތުލަން ވެސް އޮތީ ދަރިކަލުންގެ ގާތުގައި އެދިވަޑައިގެންފައި ކަމަށް މީޑިއާތަކުން ބުންޏެވެ.

އޮގަސްޓް ވިދާޅުވެފައިވާ ގޮތުގައި ދަރިކަލުން ގަނޑުވަރު ވިއްކައިލީ ދެބަފައިންގެ މެދުގައި މުދަލާ ގުޅޭ ގޮތުން ހެދި އެއްބަސްވުންތަކާ ވެސް ހިލާފަށެވެ. އަދި އެކަމުގެ އުޒުރަކަށް، 19 ވަނަ ގަރުނުގެ ގަނޑުވަރު ވިއްކައިލީ އެތަން ބަލަހައްޓަން ބޮޑު ހޭދައެއްކުރަން ޖެހޭތީ ކަމަށް ބުނެފައިވުމަކީ ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އޮގަސްޓް ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ވިދާޅުވެފައިވެ އެވެ.

ގަނޑުވަރުގައި ހުރި މުދަލާ އެކު އެތަނުގެ އަގު ފަސް މިލިއަން ޔޫރޯ (6.1 މިލިއަން ޑޮލަރު) އަށް އަރާ ކަމަށް ވެސް ލިޔުންތަކުގައި ބުންޏެވެ.

މީޑިއާތަކުން ބުނީ ޔޫރޯއަކަށް ވިއްކަލި 135 ކޮޓަރީގެ ހިތްގައިމު ގަނޑުވަރަކީ ދަރިކަލުންނަށް އޮގަސްޓް 2004-2007 އާ ދޭތެރޭ ހިބައިން ދެއްވި މުދަލުގެ ތެރޭގައި ހިމެނޭ ތަނެކެވެ.

ބައްޕާފުޅު ކޯޓަށް ވެއްދެވި މައްސަލައާ ބެހޭ ގޮތުން އޮގަސްޓް ޖޫނިއާ ބައެއް މީޑިއާތަކަށް ވިދާޅުވެފައި ވަނީ ގަނޑުވަރު ވިއްކައިލުމުގައި ގޯހެއް ހައްދަވާފައި ނުވާނެ ކަމަށާއި އެތަނަކީ މިހާރު ލޯވާ ސަކްސަނީ މިލްކެއް ކަމަށެވެ. އަދި އެތަނުން އާންމުކޮށް ހުޅުވައިލުމުގެ އެންމެހާ ބާރެއް ވެސް ގާނޫނީ ގޮތުން ލިބިފައިވާނެ ކަމަށެވެ.

ގަނޑުވަރު ވިއްކާލި އިރު އޮގަސްޓާއު ދަރިކަލުންނާ ދެމެދު މި ފަހުން ބޮޑެތި މައްސަތަލެއް ޖެހިފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެެ. އެގޮތުން މުދަލުގެ މައްސަލަތަކާއި އާއިލާގެ ނުރުހުމުގައި ރަޝިއާގެ ފެޝަން ޑިޒައިނަރަކާ ދަރިކަލުން 2017 ގައި ކައިވެނި ބައްލަވައިގަތުން ހިމެނެ އެވެ.