ސެންޓްރަލް ޕާކުގެ ފައްވާރު އަންނަ މަހު ނިމޭނެ: އެޗްޑީސީ
ސެންޓްރަލް ޕާކުގެ ފައްވާރު އަންނަ މަހު ނިމޭނެ: އެޗްޑީސީ

ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަދަމުން އަންނަ ފައްވާރު އަންނަ މަހުގެ މެދުތެރޭގައި ނިމޭނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

ސެންޓްރަލް ޕާކުގެ ފައްވާރު އަންނަ މަހު ނިމޭނެ: އެޗްޑީސީ
ސެންޓްރަލް ޕާކުގެ ފައްވާރު އަންނަ މަހު ނިމޭނެ: އެޗްޑީސީ

މިއީ ސެންޓްރަލް ޕާކުގައި މިވަގުތު ނުހުޅުވައި ހުރި ހަމައެކަނި ސަރަހައްދުގައި ހަދާ ފައްވާރެކެވެ. މި ފައްވާރުގެ 91 ޕަސެންޓުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. މި ސަރަހައްދުގައި ފައްވާރުގެ އިތުރުން މިސްކިތެއް ވެސް ހަދާނެ އެވެ.

މި ފައްވާރަކީ ޖުމްހޫރީ މައިދާނުގައި ކުރިން ހުޅުވި ފައްވާރު ގޮތަށް މިއުޒިކާ އެއްވަރަށް ފެން އަރުވާވަޑާމެކެވެ. މި ފައްވާރު ހުޅުވާނެ ތާރީހެއް އިއުލާން ކުރާނީ މަސައްކަތް އެއްކޮށް ނިމުމުން ކަމަށް އެޗްޑީސީން ބުންޏެވެ.

ސެންޓްރަލް ޕާކު ބަހާފައިވަނީ ހަތަރު ސަރަހައްދަކަށެވެ. މީގެ ތެރެއިން ދެ ސަރަހައްދެއް އިންޑިއާއިން ހަދައިދީފައިވާއިރު ފުރަތަމަ ހުޅުވި ސަރަހައްދު ހަދައި ދީފައިވަނީ ޗައިނާއިންނެވެ. އެޗްޑީސީން ބުނިގޮތުގައި ދޭ ފައްވާރު ހެދުމުގެ މަސައްކަތް ކުރަނީ ތުރުކީގެ ކުންފުންޏެއް ކަމަށްވާ "އަލްކޭ އިންސާތު ސަނައީ ވެ ޓިކަރެޓް އޭއެސް" އިންނެވެ.

އިންޑިއާއިން ސެންޓްރަލް ޕާކުގައި ތަރައްގީ ކުރި ދެ ސަރަހައްދު ހުޅުވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެ ގައުމުގެ ފޮރިން މިނިސްޓަރު ސުްރަމަންޔަމް ޖަޔަޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގަ އެވެ.