ކޮވިޑް-19 އަށް މިއަދު 145 މީހަކު ޕޮޒިޓިވްވެއްޖެ
ކޮވިޑް-19 އަށް މިއަދު 145 މީހަކު ޕޮޒިޓިވްވެއްޖެ

ކޮޮވިޑް-19 އަށް ރާއްޖެއިން މިއަދު 145 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 89 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުން ކަމަށެވެ. އަދި އަތޮޅު ތެރޭގެ ރަށްރަށުން 22 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން 32 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 18،600 އިން މައްޗަށް މިހާރު ވަނީ ގޮސްފަ އެވެ. އޭގެ ތެރެއިން 16،000 އަށް ވުރެ ގިނަ މީހުން ރަނގަޅު ވެފައިވާތީ މިވަގުތު ފަރުވާ ދެމުންދަނީ 2،484 މީހަކަށެވެ. އޭގެ ތެރެއިން 162 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލްގަ އެވެ.

ކޮވިޑް-19 ގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 60 އަށް ވަނީ އަރައިފަ އެވެ.