އާރުއޯއެލްގެ ހިދުމަތަށް 18 އަހަރު، ހުރިހާ ޝުކުރެއް ކަސްޓަމަރުންނަށް
އާރުއޯއެލްގެ ހިދުމަތަށް 18 އަހަރު، ހުރިހާ ޝުކުރެއް ކަސްޓަމަރުންނަށް

ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދެމުން އަންނަ ރާއްޖެ އޮންލައިން (އާރުއޯއެލް)ގެ ހިދުމަތަށް 18 އަހަރު ފުރުން މިއަދު ފާހަގަކޮށްފި އެވެ.

އަހަރީ ދުވަހާ ގުޅިގެން އާރުއޯއެލް އިން ބުނީ އެއީ ރާއްޖޭގެ އަމިއްލަ ބްރޭންޑަކަށް ވެފައި މާކެޓުގައި 18 އަހަރު ވަންދެން ހިދުމަތް ދެވުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި އެ ކުންފުނި މިހާ ހިސާބަށް ގެންނަން ކަސްޓަމަރުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އާރުއޯއެލް އިން ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ކަސްޓަމަރުންގެ އިތުބާރު ދަމަހައްޓަން މަސައްކަތް ކުރާނެ އެވެ. އެގޮތުން، ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އާ ކަންކަން ތައާރަފު ކުރާނެ ކަމަށް ވެސް ބުންޏެވެ.

އާރުއޯއެލް އިން މިވަގުތު ހިދުމަތް ދެމުން އަންނަނީ މާލެ އާއި ވިލިމާލެއަށް އެކަންޏެވެ. ނަމަވެސް މި އަހަރު އިތުރު ސަރަހައްދުތަކަށް ހިދުމަތް ފުޅާކުރަން އަންނަނީ ތައްޔާރުވަމުންނެވެ.

ކަސްޓަމަރުންނަށް އެ ކުންފުނިން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ތައާރަފުކޮށްފަ އެވެ. މިހާރު ކުރިއަށްދާ މި ޕްރޮމޯޝަނުގައި އާރުއޯއެލް ފައިބާ ކޭބަލެއް ހުރި ކޮންމެ ގެއަކަށް ހިލޭ ކަނެކްޝަން ގުޅައިދޭނެ އެވެ.