18 ފެބުރުއަރީ 2021 - 22:31

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު 116 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 108 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމަށާއި އެހެން ރަށްރަށުން ތިން މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. ރާއްޖެއިން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 18،340 އަށް މިހާރު ވަނީ އަރައިފަ އެވެ.
ކޮވިޑް-19 ގެ ދެވަނަ ރާޅާ އެކު މިހާރު އެ ބަލި ޖެހި ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 2،400 އިން މައްޗަށް ގޮސްފައިވާއިރު، ހޮސްޕިޓަލްގައި ފަރުވާ ދޭ މީހުންގެ އަދަދު މިހާރު ވަނީ 168 އަށް އަރައިފަ އެވެ. އެހެންވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، މާލެ އާއި އައްޑު އާއި ފުވައްމުލަކުގައި ވަކި ވަގުތުތަކެއްގައި ކާފިއު ދަނީ ހިންގަމުންނެވެ.
އެ ބަލީގައި ރާއްޖެއިން މިހާތަނަށް 58 މީހަކު މަރުވެފައިވެ އެވެ.