ދިރާގުން އިތުރު 200 ޕަސެންޓް ޑޭޓާ ލިބޭ ޕްރޮމޯޝަނެއް
ދިރާގުން އިތުރު 200 ޕަސެންޓް ޑޭޓާ ލިބޭ ޕްރޮމޯޝަނެއް

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން އިތުރު 200 ޕަސެންޓް ޑޭޓާ ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން މިއަދު ފަށައިފި އެވެ.

މި ޑޭޓާ ލިބޭނީ އެ ކުންފުނީގެ 75ރ. ގެ މިނީ ޑޭޓާ ބަންޑަލް ނަގާ ކަސްޓަމަރުންނަށެވެ. މި ޕްރޮމޯޝަނާއެކު 75ރ. ގެ ބަންޑަލް ނަގާ ކަސްޓަމަރުންނަށް 1.5ޖީބީގެ ބަދަލުގައި ލިބޭނީ 4.5 ޖީބީ ޑޭޓާ އެވެ.

ދިރާގުން ބުނިގޮތުގައި މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހު ތިންވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު މޯބައިލް އެޕްލިކޭޝަން ނުވަތަ 343 އަށް މެސެޖުކޮށްގެން ޑޭޓާ ޕެކް އެކްޓިވޭޓް ކުރެވޭނެ އެވެ. މިނީ ޑޭޓާގެ މުއްދަތަކީ ހަތް ދުވަހެވެ.

ދިރާގުން ވަނީ ދާދިފަހުން މޮބައިލް ޕްރީޕެއިޑް ޕެކޭޖްތަކަށް ވެސް ބޮޑު ބަދަލުތަކެއް ގެނެސްފަ އެވެ. "ޕްރީޕެއިޑް ކޮމްބޯ ޕްލޭންސް"ގެ ނަމުގައި ގެނައި މި ބަދަލުތަކާއެކު މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވޮއިސް އާއި އެސްއެމްއެސް އަދި ޑޭޓާ، އެއް ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެ އެވެ. އަދި ހިލޭ "ޕާކްސް" ވެސް މިހާރު ދިރާގު ޕްރީޕެއިޑުން ލިބޭނެ އެވެ.