02 ޖޫން 2016 - 20:36

މެޗު ނިމުމާ އެކު ސަޕޯޓަރުން އަންނަނީ ކޯޗުގެ އިސްތިއުފާ އަށް ގޮވަމުން.

ޔަމަން 2-0 އިން މޮޅުވެގެން މެޗު ނިމިއްޖެ.

ޔަމަނުގެ ހަމަލައެއް ކީޕަރު އަނެއްކާ ވެސް ދިފާއުކޮށްފި.

ރާއްޖޭގެ ސެންޓޭ ނުރައްކާތެރި ބޯޅައެއް ފޮނުވާލައިފި. ނައްޓޭ ދިން ބޯޅަ އޭރިއާ ތެރޭ ހުރެ ސެންޓޭ ފޮނުވާލުމުން މަތަކުރީ ޔަމަނުގެ ގޯލްކީޕަރު.

ޔަމަނުގެ އަކްރަމް ހަމޫދު އެ ޓީމަށް ދެ ވަނަ ލަނޑު ޖަހައިދީފި. މެދުތެރެއިން ސަރޯރީ ކުރިއަށް އަރައި އޭރިއާ ތެރެއިން ދިން ބޯޅަ އަކްރަމް ގޯލަށް ވައްދާލީ މުޅިން ހުސްކޮށް ހުރެ.

މިރޭގެ މެޗު ބެލުމަށް ދަނޑަށް ވަދެފައިވަނީ 2600 ސަޕޯޓަރުން.

ރާއްޖޭގެ މިޑްފީލްޑަރު އިމްރާން ނަޝީދުގެ ބަދަލުގައި ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) ކުޅެން އަރުވައިފި.
އިމްރާން އަނެއްކާ ވެސް ނުރައްކާތެރި ބޯޅައެއް ސަލާމަތްކޮށްފި. ޔަމަމުގެ ސަރޯރީ އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ އެ ޓީމުގެ އެހެން ކުޅުންތެރިޔަކަށް ލިބުމުގެ ކުރިން އިމްރާން ވަނީ އެ ބޯޅަ ސާފުކޮށްފައި.
ރާއްޖޭގެ ވާތު ބެކް ލިލީ އަރިމަތިން އޭރިއާ ތެރެއަށް ނުރައްކާތެރި ބޯޅައެއް ހުރަސްކުރި ނަމަވެސް ރާއްޖޭގެ ކުޅުންތެރިއަކަށް އެ ބޯޅަ ލައްވައެއްނުލި.
އިމްރާން ޔަމަނުގެ ނުރައްކާތެރި ދެ ބޯޅަ ސަލާމަތްކޮށްފި. އެ ޓީމުގެ އަލް މަޓްރީ އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ އިމްރާން މަތަކޮށް ކުޅުމުގެ ތެރެއަށް ފޮނުވާލުމުން ދެ ވަނަ ފަހަރަށް އެ ބޯޅަ އައިމަން ޖެހުމުން ވެސް އިމްރާން ވަނީ މަތަކޮށްފަ.
ޔަމަނުގެ ކުޅުންތެރިޔަކަށް ކުރި ފައުލަކާ ގުޅިގެން ރާއްޖޭގެ ސަމްދޫހު އަށް ރީނދޫ ކާޑެއް ދައްކައިފި.
ސެންޓޭ އަށް އަނެއްކާ ވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެއްޖެ. އޭރިއާ ބޭރުން ލިބުނު ބޯޅަ ޔަމަނުގެ ކުޅުންތެރިއެެއް ކައިރިން ނައްޓާލުމަށް ސެންޓޭ ގޯލަށް ފޮނުވާލުމުން ޔަމަނުގެ ކުޅުންތެރިޔަކު ވަނީ ބްލޮކްކޮށްފައި.
ރާއްޖޭން ހަމަލައެއް އުފައްދައިފި. ސެންޓޭ އަރިމަތިން ނެގި ހުރަހަށް، ރާއްޖޭގެ ތިން ކުޅުންތެރިން އެރި ނަމަވެސް އެ ބޯޅަ ދިޔައީ މާ މަތިން.
ޔަމަނުގެ ހަމަލައެއް މަތަކުރަން އުޅުމުގެ ތެރޭ ކީޕަރު އިމްރާން އަތުން ދޫވި ބޯޅަ، ޔަމަނުގެ ކުޅުންތެރިޔަކު ހުސްކޮށް އޮތް ގޯލާ ދިމާލަށް ފޮނުވާލި ނަމަވެސް އެ ބޯޅަ ރާއްޖޭގެ ޑިފެންޑަރުން ވަނީ ސަލާމަތްކޮށްފައި.
ރާއްޖޭން ދެ ވަނަ ހާފު ފަށައިފި.
ރާއްޖޭގެ މިޑްފީލްޑަރު އަޑުބަރޭގެ ބަދަލުގައި އުމެއިރު ކުޅެން އަރުވައިފި.
ފުރަތަމަ ހާފު ނިމިއްޖެ.
ހޮކޭގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބޭ. މެޗުގެ ތެރެއިން ނޭވާލާން އުނދަގޫވުމުގެ މައްސަލަ ހޮކޭ އަށް ކޮންމެވެސް ވަރަކަށް ކުރިމަތިވޭ.
ރާއްޖޭން ގޯލް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެއްޖެ. އަރިމަތިން ނައްޓޭ ނެގި ހުރަސް އޭރިއާ ތެރެއިން އަޑުބަރޭ ބޮލުން ޖެހި ނަމަވެސް ގޯލާ އަމާޒެއް ނުވި.
މެދުތެރެއިން ސެންޓޭ ޔަމަނުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލާފައި އަރިމަތިން ހުސްކޮށް ހުރި ސަމްދޫހު އަށް ދިން ބޯޅަ އޭނާ އޭރިއާ ތެރެއަށް ހުރަސްކުރި ނަމަވެސް އެ ބޯޅަ އަށް އަރާނެ ކުޅުންތެރިޔަކު ނެތް.
ހޮކޭ ސްޓްރެޗަރުގައި ދަނޑުން ބޭލީ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން. އެކަމަކު ނޭވާލާން އުނދަގޫތަކެއް ވުމުން އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދިޔައީ. ހޮކޭގެ ބަދަލުގައި ކުޅެން އެރީ ސަމްދޫހު މުހައްމަދު.
ރާއްޖޭގެ ޑިފެންޑަރު ހޮކޭ އަށް ސީރިއަސް އަނިޔާއެއް ކުރިމަތިވެ އިމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފި.
ޔަމަނުން ލީޑު ނަގައިފި. އެ ޓީމުގެ އަލް ސަރޯރީ އަރިމަތިން ނެގި ހުރަސް އޭރިއާ ތެރެއިން ގޯލް ތެރެއަށް ވައްދާލީ ހުސްކޮށް ހުރެ އައިމަން.
ރާއްޖޭގެ މިޑްފީލްޑަރުން ކުޅެމުން އަންނަނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން. އެހާ އުފެއްދުންތެރި ކުޅުމެއް އަދި ނުދެއްކޭ. މެޗު ކުރިއަށްދާ ވަރަކަށް ޔަމަނުން އަންނަނީ މެޗުގެ ކޮންޓްރޯލް ނަގަމުން. އެ ޓީމުން އޭރިއާ ތެރެއިން ރަނގަޅު ހަމަލާތަކެއް ރާއްޖެ އަށް އަންނަނީ ދެމުން.
ޔަމަނުގެ އައިމަން އޭރިއާ ބޭރުން ބާރު ބޯޅައެއް ފޮނުވާލައިފި. އެ ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށް.
ދެ ޓީމުން ބޯޅަ ގެންއުޅެނީ މެދުތެރޭގައި. ކުރިއަށް މާގިނަ ބޯޅަތަކެއް ދެ ޓީމަށް ވެސް އަދި ފޯރުކޮށްނުދެވޭ.
ޔަމަނުގެ ކުޅުންތެރިއަކު އަރިމަތިން އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ހުސްކޮށް އައިމަން އަލް ހަގްރީ ބޮލުން ފޮނުވާލި އިރު އެ ބޯޅަ ދިޔައީ ގޯލްކުރިމަތިން ހުރަސް ވެގެން.
ރާއްޖޭން ނުރައްކާތެރި ހަމަލައެއް ފޮނުވާލައިފި. އަރިމަތިން އީސަ ތަނަވަސްކުރި ފުރުސަތެއްގައި އޭރިއާ ތެރެއިން ސެންޓޭ އަށް ދިން ބޯޅަ އޭނާ ގޯލަށް ފޮނުވާލުމުން މަތަކުރީ ޔަމަނުގެ ގޯލްކީޕަރު. ސެންޓޭ ފޮނުވާލި ބާރު ޝޮޓެއް.
ޔަމަނުގެ އަލް ސަސީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ބާރު ބޯޅަ ރާއްޖޭގެ ގޯލްކީޕަރު އިމްރާން ހުށިޔާރުކަމާ އެކު މަތަކޮށްފި.
ޔަމަނުން މެޗު ފަށައިފި.
މެޗު ފަށަން ގާތްވެފައިވާއިރު ދަނޑަށް ވަދެ ތިބީ މަދު އަދަދެއްގެ ސަޕޯޓަރުންތަކެއް.
މިރޭގެ މެޗުގެ ފުރަތަމަ 11 ގައި ކްލަބް އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދު ހިމެނޭ. މިއީ އޭނާ ގައުމީ ޓީމަށް ކުޅޭ ފުރަތަމަ މެޗު.
ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގައުމީ ޓީމަށް 50 ލަނޑު ޖަހައިދީފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އޭނާ އަށް ހަނދާނީ ފިލާއެއް ދީފި. އަދި ގައުމީ ޓީމަށް 100 އަށް ވުރެ ގިނަ މެޗު ކުޅެފައިވާތީ ގޯލްކީޕަރު އިމްރާން މުހައްމަދަށް ވެސް ވަނީ ހަނދާނީ ފިލާއެއް ވަނީ ދީފައި.
މެޗު ފެށެން ގާތްވެފައިވާއިރު ބޯކޮށް ވާރޭ ވެހެން ފަށައިފި.
ރާއްޖޭގެ ފުރަތަމަ 11: އިމްރާން މުހައްމަދު، އަހުމަދު އަބްދުﷲ (ލިލީ)، މުހައްމަދު ރަޝީދު (ހޮކޭ)، ޝާފިއު އަހުމަދު، އިމްރާން ނަޝީދު، އަސްހަދު އަލީ (އަޑުބަރޭ)، އިސްމާއިލް އީސާ (މެސީ)، އަހުމަދު ނާޝިދު (ނައްޓޭ)، އަލީ ފާސިރު (ސެންޓޭ)، އަސަދުﷲ އަބްދުﷲ.
ރާއްޖެ އާއި ޔަމަން މާލޭގައި ކުޅޭ މެޗު މިރޭ ކުޅޭއިރު ދެ ވަނަ ލެގު އޮންނާނީ އަންނަ ހަފުތާގެ އަންގާރަ ދުވަހުގެރޭ ގަތަރުގެ ވެރިރަށް ދޯހާގަ އެވެ. ދެ ލެގުން ކުރި ހޯދާ ޓީމަކަށް އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެ އެވެ. ބަލިވާ ޓީމަކަށް ޖެހޭނީ ޕްލޭއޮފްގެ ދެ ވަނަ ބުރުގައި ވާދަކުރާށެވެ.