ޚާއްސަ ޕޭޖު މެދުވެރިކޮށް، ފެން ބިލް ދެއްކުމަށް ފަހު މައުލޫމާތު ފުރިހަމަ ކުރަން އެދިއްޖެ
ޚާއްސަ ޕޭޖު މެދުވެރިކޮށް، ފެން ބިލް ދެއްކުމަށް ފަހު މައުލޫމާތު ފުރިހަމަ ކުރަން އެދިއްޖެ

"ޑައިރެކްޓް ބޭންކު ޓްރާންސްފާ" މެދުވެރިކޮށް އެމްޑަބްލިއުއެސްސީގެ ޚިދުމަތްތަކަށް ފައިސާ ދައްކާ ކަސްޓަމަރުން ޓްރާންސްފާ ސްލިޕް ފޮނުވާއިރު މައުލޫމާތު ފުރިހަމަ ކުރުމަށް އެ ކުންފުނިން އެދިއްޖެ އެވެ.

އެމްޑަބްލިއުއެސްސީން ވަނީ ޓްރާންސްފާ ސްލިޕް ފޮނުވަން ހާއްސަ ވެބް ޕޭޖެއް https://banktransfers.mwsc.com.mv ތައާރަފުކޮށްފަ އެވެ. މި ޕޭޖު މެދުވެރިކޮށް ގިނަ ކަސްޓަމަރުން ޓްރާންސްފާގެ ތަފްސީލު ނުފޮނުވާ ކަމަށާއި މީގެ ސަބަބުން އެކައުންޓް އަޕްޑޭޓް ނުވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ޕޭޖު މެދުވެރިކޮށް ފޯމު ހުށަނޭޅުމުގެ ސަބަބުން ފައިސާ ދައްކާ ކަސްޓަމަރުން ދަނެގަތުމުގައި ވެސް އެމްޑަބްލިއުއެސްސީ އަށް ވަނީ ދަތިވެފަ އެވެ. އެހެންކަމުން ފައިސާ ދައްކާ ނިމުމުން ލިންކުގައިވާ މައުލޫމާތު ފުރިހަމަ ނުކުރާ ކަސްޓަމަރުން ވީ އެންމެ އަވަހަކަށް މައުލޫމާތު ފުރިހަމަ ކުރުމަށް އެ ކުންފުނިން އެދެ އެވެ.

ޓްރާންސްފާ ސްލިޕްތައް ފޮނުވަން ހާއްސަ ޕޭޖެއް އެމްޑަބްލިއުއެސްސީން ތައާރަފު ކުރީ ކޮވިޑް-19ގެ ސަބަބުން ނަގުދު ފައިސާ ބޭނުން ކުރުން މަދުކުރުމަށެވެ.