ދިމާޓްއެމްވީގައި އެހެން ވިޔަފާރިތަކަށް ތަކެތި ވިއްކޭ ގޮތް ހަދަނީ
ދިމާޓްއެމްވީގައި އެހެން ވިޔަފާރިތަކަށް ތަކެތި ވިއްކޭ ގޮތް ހަދަނީ

ރާއްޖޭގެ މަޝްހޫރު އޮންލައިން ރީޓެއިލް ފިހާރަ "ދިމާޓްއެމްވީ" ގައި ތަކެތި ވިއްކަން އެހެން ވިޔަފާރިތަކަށް ވެސް ހުޅުވާލައިފި އެވެ.

ދިމާޓްއެމްވީގައި އެހެން ވިޔަފާރިތަކަށް ތަކެތި ވިއްކޭ ގޮތް ހަދަނީ
ދިމާޓްއެމްވީގައި އެހެން ވިޔަފާރިތަކަށް ތަކެތި ވިއްކޭ ގޮތް ހަދަނީ

ދިމާޓުން ބުނީ، އޮންލައިންކޮށް ތަކެތި ވިއްކަން ބޭނުންވާ ފަރާތްތަކަށް މިއީ ރަނގަޅު ފުރުސަތެއް ކަމަށާއި އެގޮތަށް ތަކެތި ވިއްކަން ބޭނުންވާ މީހުންނަށް ދިމާޓުގެ ވެބްސައިޓުގައި އަމިއްލަ "ޝޮޕް" ހުޅުވޭނެ ކަމަށެވެ. ދިމާޓުން ބުނީ ދިވެހި ވިޔަފާރިތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެސް އޮންލައިންކޮށް ތަކެތި ވިއްކަން ދިމާޓުގެ ވެބްސައިޓު ބޭނުން ކުރެވޭނެ ކަމަށެވެ.

ދިމާޓުގައި ތަކެތި ވިއްކަން ބޭނުންވާ ވިޔަފާރިތަކުން ދިމާޓުގެ ވެބްސައިޓަށް ގޮސް "ސެލް އޮން ދިމާޓް" އިން ރަޖިސްޓާ ވެވޭނެ އެވެ. އަމިއްލަ ފިހާރަ ހުޅުވުމަށް ފަހު ސްޓޮކް އެންޓަކުރުމާއި އިންވެންޓްރީ ބެލެހެއްޓުން އަމިއްލައަށް ކުރެވޭނެ އެވެ. ކަސްޓަމަރު އޯޑަރު ދިނުމުން އެ ނޯޓިފިކޭޝަން އީމެއިލުން ލިބޭނެ އެވެ. އަމިއްލައަށް ޑެލިވަރީކުރާ ގޮތަށް ނުވަތަ ދިމާޓުން ޑެލިވަރީ ކޮށްދޭ ގޮތަށް ވެސް ހަމަޖެއްސޭނެ އެވެ.

ދިމާޓަކީ ގޭތެރެއަށް ބޭނުންވާ ވަރަށް ގިނަ ތަކެތި ހެޔޮ އަގުގައި ވިއްކަމުން އަންނަ އޮންލައިން ވިޔަފާރިއެކެވެ. އިލެކްޓްރޯނިކް ސާމާނާއި ބަދިގެ ސާމާނާއި ސެންޓް އަދި ކޮސްމެޓިކްސް ވެސް ފިހާރައިން ލިބޭނެ އެވެ. މީގެ އިތުރުން ދިވެހި ފޮތާއި އިނގިރޭސި ފޮތް ވެސް މިހާރު އޮންލައިންކޮށް ގަނެވޭނެ އެވެ.