ހަމަދު ސްކޫލަށް 23 އަހަރު: އިތުރު އަލިކަން ގެންނަން މަސައްކަތް ކުރާނެކަން ޔަގީން
ހަމަދު ސްކޫލަށް 23 އަހަރު: އިތުރު އަލިކަން ގެންނަން މަސައްކަތް ކުރާނެކަން ޔަގީން

ހަމަދު ސްކޫލުގައި ގާއިމުކޮށްފައިވާ ރީތި އާދަތަކުގެ ސަބަބުން އެ ސްކޫލުގެ މޮޓޯގައިވާ ގޮތަށް އެ ތަނަށް އިތުރު އަލިކަމެއް ގެންނަން ހުރިހާ އެންމެން މަސައްކަތް ކުރާނެކަން ޔަގީންވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިއްޔެ ވިދާޅުވެއްޖެ އެވެ.

ހަމަދު ސްކޫލަށް 23 އަހަރު: އިތުރު އަލިކަން ގެންނަން މަސައްކަތް ކުރާނެކަން ޔަގީން
ހަމަދު ސްކޫލަށް 23 އަހަރު: އިތުރު އަލިކަން ގެންނަން މަސައްކަތް ކުރާނެކަން ޔަގީން

އެ ސްކޫލުގެ 23 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި، މިނިސްޓަރު ދެއްވި ވީޑިއޯ މެސެޖުގައި ވަނީ، ލ. ގަމުގައި ހިންގާ ހަމަދު ސްކޫލުގެ ހިޔާވަހިކަމުން ތައުލީމު ހާސިލްކުރި ހުރިހާ ދަރިވަރުންނާއި ޓީޗަރުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައިފަ އެވެ.

ހަމަދު ސްކޫލަށް 23 އަހަރު: އިތުރު އަލިކަން ގެންނަން މަސައްކަތް ކުރާނެކަން ޔަގީން
ހަމަދު ސްކޫލަށް 23 އަހަރު: އިތުރު އަލިކަން ގެންނަން މަސައްކަތް ކުރާނެކަން ޔަގީން

މިނިސްޓަރު ވިދާޅުވިގޮތުގައި އެ ސްކޫލުގައި ގާއިމުކޮށްފައިވާ ރީތި އާދަތަކާއި ހަމަތަކުގެ ސަބަބުން ޔަގީންވާ ކަމަކީ، ސްކޫލުގެ މޮޓޯގައިވާ ގޮތަށް އުޖާލާކަމަށް އިތުރު އަލިކަމެއް ގެންނަން އެންމެން މަސައްކަތް ކުރާނެ ކަމެވެ.

ހަމަދު ސްކޫލަށް 23 އަހަރު: އިތުރު އަލިކަން ގެންނަން މަސައްކަތް ކުރާނެކަން ޔަގީން
ހަމަދު ސްކޫލަށް 23 އަހަރު: އިތުރު އަލިކަން ގެންނަން މަސައްކަތް ކުރާނެކަން ޔަގީން

ހަމަދު ސްކޫލުގެ މޮޓޯއަކީ "އަލިކަމުން އުޖާލާ" ކަމަށެވެ.

ސްކޫލެއްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ އެއް މަގުސަދަކީ އެކުގައި މަސައްކަތްކުރާ ދަރިވަރުންނާއި މުވައްޒަފުންނާ މެދުގައި އުފެދޭ ފަހުރުވެރިކަމާއި އުފާވެރިކަމުން ކިޔެވުމަށާއި ކިޔަވައިދިނުމަށް ހެޔޮ އަސަރެއް ކުރުމެވެ. ސްކޫލުގެ ރޫހިއްޔާ މަތިވުމަކީ ވެސް އަހަރީ ދުވަސް ފާހަގަކުރުމުގެ ބޭނުމެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކުރީގެ ދަރިވަރުންގެ އުޅުމާއި ކާމިޔާބީއަކީ މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ވަރަށް އިބުރަތްތެރި ފިލާވަޅަކަށް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ދަރިވަރުންގެ ތެރެއިން ވެސް އެންމެ ކާމިޔާބު ދަރިވަރުންނަކީ އެންމެ މުރާލި އަދި އެންމެ ބުރަކޮށް މަސައްކަތްކުރި ދަރިވަރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ގުދުރަތީ ގޮތުން ކުއްޖެއްގެ ހިތްއަލިވެފައި ދަސްކުރަން ފަސޭހަވިއަސް މަސައްކަތް ނުކުރާނަމަ ކާމިޔާބެއް ނުވާނެ އެވެ.

"..މުސަޅާއި ކަހަނބުގެ ވާހަކައިގައި ވާ ފަދައިން މަސައްކަތް ކުރުމުގައި ދެމިހުރުމަކީ ކާމިޔާބުގެ ސިއްރު. ގުދުރަތީ ގޮތުން ލިބިފައިވާ ކުޅަދާނަކަމަށް ވުރެ ބޭނުންތެރީ ހީވާގިކަން،" މިނިސްޓަރު ވިދާޅުވި އެވެ.

ސްކޫލެއްގެ ގަދަރަކީ އެ ސްކޫލެއްގެ ދަރިވަރުންނާއި އެ ސްކޫލުން ނުކުތް ކުދިންގެ ހިދުމަތްކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑު 12 އާ ހަމައަށް ކިޔަވައިދޭ ސްކޫލުން 620 ދަރިވަރުން ކިޔަވަ އެވެ. އެ ސްކޫލުގައި އިއްޔެ ވަނީ ފުރަތަމަ ފަހަރަށް ބޭންޑު ވެސް ތައާރަފުކޮށްފަ އެވެ.