އުދައްޔުގެ ޕޯސްޓޯޓަމް ހަދަން އިންޑިޔާ އަށް ފޮނުވައިފި
އުދައްޔުގެ ޕޯސްޓޯޓަމް ހަދަން އިންޑިޔާ އަށް ފޮނުވައިފި

ގއ. މާމެންދޫގައި ހިންގި މާރާމާރީގައި މަރާލި އަހުމަދު އުދައްޔުގެ ޕޯސްޓްމޯޓަމް ހަދަން އިންޑިޔާ އަށް ހަށިގަނޑު ފޮނުވާލައިފި އެވެ.

ފުލުހުން ބުނީ މާމެންދޫގައި މަރާލި އުމުރުން 17 އަހަރުގެ އުދައްޔުގެ ޕޯސްޓްމޯޓަމް ހަދަން ހަމަޖެހިފައި ވަނީ ޓްރެވިންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖް ހޮސްޕިޓަލުން ކަމަށެވެ.

އުދައްޔުގެ މަރާ ގުޅިގެން ފުލުހުން ވަނީ މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފަ އެވެ.

މާމެންދޫގައި ހިނގި ފުރަތަމަ މާރާމާރީގައި އުދައްޔު އާއި އޭނާގެ ބޭބެ ފިރުޝާން ޒާހިރު ވެސް ބައިވެރިވި އެވެ. އޭނާ މަރުވީ އޭގެ ބަދަލު ހިފުމަށް ދިން ހަމަލާތަކުގަ އެވެ. އޭނާ މަރާލާފައި ވަނީ ބުރަކައްޓަށް އެތައް ފަހަރަކު ވަޅިން ހަމަލާދީގެނެވެ.

މި މައްސަލަ ފުލުހުންގެ ސީރިޔަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ ތަހުގީގު ކުރަމުންނެވެ.