މިއަންމާގެ ބަޣާވާތާ ދެކޮޅު ހަދާ ނަމަ 20 އަހަރަށް ޖަލަށްލާނެކަމުގެ އިންޒާރު
މިއަންމާގެ ބަޣާވާތާ ދެކޮޅު ހަދާ ނަމަ 20 އަހަރަށް ޖަލަށްލާނެކަމުގެ އިންޒާރު

ނޭޕީޓޯ (ފެބްރުއަރީ 15) - މިއަންމާ އަށް ގެނައި ބަޣާވާތާ ދެކޮޅު ހެދުމުގެ ގޮތުން މަގުތަކަށް ނުކުމެ ސިފައިންނަށް ހުރަސް އަޅާނަމަ 20 އަހަރަށް ޖަލަށްލާނެކަމުގެ އިންޒާރު ދީފި އެވެ.

މިއަންމާގެ ބަޣާވާތާ ދެކޮޅު ހަދާ ނަމަ 20 އަހަރަށް ޖަލަށްލާނެކަމުގެ އިންޒާރު
މިއަންމާގެ ބަޣާވާތާ ދެކޮޅު ހަދާ ނަމަ 20 އަހަރަށް ޖަލަށްލާނެކަމުގެ އިންޒާރު

އަސްކަރިއްޔާ އިން ބުނީ ބަޣާވާތާ ދެކޮޅު ހެދުމުގެ ގޮތުން ހަރަކާތްތައް ހިންގާ މީހުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ވެސް ކުރާނެ ކަމަށެވެ.

މިއަންމާގެ އަސްކަރިއްޔާ އިން ކުއްލިއަކަށް ގަވާއިދުތައް އިއުލާންކުރީ ބަޣާވާތާ ދެކޮޅަށް ނުކުންނަ މީހުން ހައްޔަރު ކުރަން ސިފައިން ބޮޑެތި ވެހިކަލްތަކުގައި މަގުތަކަށް ނުކުމެފައި ވަނިކޮށެވެ. ވޭތުވެދިޔަ ދުވަސްތަކުގައި މިއަންމާގެ ބޮޑެތި ސިޓީތަކުގައި އެތައް ހާސް ބަޔަކު ވަނީ އަސްކަރީ ބަޣާވާތާ ދެކޮޅަށް މުޒާހަރާ އަށް ނުކުމެފަ އެވެ.

މުޒާހަރާތަކަށް ނުކުންނަ މީހުން ޑިމާންޑް ކުރަމުން ދަނީ މިހާރު ހައްޔަރުކޮށްފައިވާ އަން ސަން ސޫކީ އާއި މަދަނީ އެނޫން ވެސް ފަރާތްތައް ދޫކޮށްލުމަށެވެ. އަދި މިއަންމާގައި އަލުން ޑިމޮކްރެސީ ގާއިމް ކުރުމަށް އެ މީހުން ދަނީ ގޮވާލަމުންނެވެ.

ސޫކީގެ ވަކީލް މިއަދު ވިދާޅުވީ އެކަމަނާގެ މައްޗަށް ބުދަ ދުވަހު ޝަރީއަތް ފަށަން ނިންމާފައިވާ ކަމަށެވެ. ސޫކީގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ގާނޫނު ހުއްދަ ނުކުރާ މުވާސަލާތީ ތަކެތި އެތެރެ ކުރުމާއި އެ ތަކެތި ގެންގުޅުން ހިމެނެ އެވެ. އޮފިޝަލުން ބުނެފައި ވަނީ މުވާސަލާތީ ތަކެތި ކަމަށް ސިފައިން ބުނެފައި ވަނީ ސޫކީގެ ބޮޑީގާޑުން ބޭނުން ކުރި ވޯކީ-ޓޯކީ އަށެވެ.

މިއަންމާ ސިފައިން ފެބްރުއަރީ 1 ވަނަ ދުވަހު ބަޣާވާތްކޮށްފައި ވަނީ ނޮވެމްބަރު މަހު ބޭއްވި އިންތިޚާބުން ސޫކީގެ ޕާޓީ ހޯދި ބޮޑު ކާމިޔާބީއާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.