ކޮވިޑުގެ އާ ވޭރިއަންޓް ކޮލަމްބޯ އިން ވެސް ފެނިއްޖެ
ކޮވިޑުގެ އާ ވޭރިއަންޓް ކޮލަމްބޯ އިން ވެސް ފެނިއްޖެ

ކޮލަމްބޯ (ފެބްރުއަރީ 13) - އިނގިރޭސި ވިލާތުން ފެނުނު ކޮވިޑުގެ އާ ވޭރިއަންޓް ކޮލަމްބޯ އިން ފެނިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ސްރީ ޖަޔަވަރްދަނަޕޫރާ ޔުނިވާސިޓީގެ ޑިރެކްޓަރު އޮފް ދަ ޑިޕާޓްމަންޓް އޮފް އިމިއުނޮލީ އެންޑް މޮލެކިއުލާ މެޑިސިން، ޑރ. ޗަންދިމާ ޖީވަންދަރާ ވިދާޅުވީ އާ ވޭރިއަންޓުގެ ސާމްޕަލް ކޮލަމްބޯ، އަވިއްސަވެއްލާ، ބިޔަގަމާ އަދި ވަވުނިޔާ އިން ފެނިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އާ ވޭރިއަންޓް ވަރަށް ހަލުވިކަމާ އެކު ފެތުރެމުންދާ ކަމަށެވެ.

ޔޫކޭ އިން ފެނުނު އާ ވޭރިއަންޓް ލަންކާ އިން ފެނިފައިވާކަން ފުރަތަމަ އިއުލާންކޮށްފައި ވަނީ ޖެނުއަރީ މަހު އެވެ. ޗަންދިމާ ވިދާޅުވީ ސްވިޑަން، ޖާމަނީ، ޑެންމާކް އަދި އައިސްލޭންޑުން ފެނިގެން އުޅޭ އާ ވޭރިއަންޓް ވެސް މިހާރު ލަންކާ އިން ފެނިފައިވާ ކަމަށެވެ.

ލަންކާގައި ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ ސަރަހައްދުތަކުގެ ތެރޭގައި ކޮލަމްބޯ އާއި ގަމްޕަހާ ޑިސްޓްރިކްޓް ހިމެނެ އެވެ.

ލަންކާ އިން މިހާތަނަށް ވަނީ 74,484 މީހުން ޕޮޒިޓިވްވެ 384 މީހުން މަރުވެފަ އެވެ.