ކޮވިޑް-19: އައްޑޫން އިތުރު ފަސް ކޭސް، ޖުމްލަ 58
ކޮވިޑް-19: އައްޑޫން އިތުރު ފަސް ކޭސް، ޖުމްލަ 58

މިއަދު އިތުރު ފަސްމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އައްޑޫގެ ކޮވިޑް ކޭސްތަކުގެ އަދަދު 58 އަށް އަރައިިފި އެވެ.

އައްޑޫގައި ކޮވިޑް ފެތުރެން ފެށުމުން ގާއިމްކޮށްފައިވާ އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އޭއީއޯސީ) އިން މިއަދު ބުނީ ކޮވިޑްގެ އާ ފަސްް ކޭސް މިއަދު ފެނިފައިވާ ކަމަށާއި އެއީ 174 ސާމްޕަލްގެ ތެރެއިން ކަމަށެވެ.

އެއާ އެކު އައްޑޫން ކޮވިޑްޖެހުނު ޖުމްލަ 58 އަށް އެރި އިރު، އޭގެ ތެރެއިން 25 މީހުން ފިޔަވައި އެންމެންނަކީ ވެސް ގުޅިފައިވާ ރަށްތަކުގައި ތިބި މީހުންނެވެ. އެއީ ހިތަދޫގައި 20 މީހުން، މަރަދޫފޭދޫގައި ހަތަރު މީހުން، އަދި ފޭދޫން ނުވަތަ މީހުންނެވެ.

އައްޑޫގައި ކޮވިޑް ޖެހުނު މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 341 މީހުން އެބަ ތިއްބެވެ. އަދި އެ ސިޓީގެ ކޮވިޑް ކޭސްތަކާ ގުޅިގެން 182 އިމާރާތެއް ވަނީ ކަރަންޓީނުކޮށްފަ އެވެ.