13 ފެބުރުއަރީ 2021 - 18:47

ސިފައިންގެ ލަފާ ދޭ މަޖިލީހަށް ފުރަތަމަ ފަހަރަށް އަންހެން ދެ ސިފައިން އައްޔަން ކޮށްފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ބުނީ ސިފައިންގެ ލަފާ ދޭ މަޖިލީހަށް ސީނިއާ ރޭންކްގެ އަންހެން ދެ އޮފިސަރުން އަންޔަންކޮށްފައިވާ ކަމަށާއި މިއީ ތާރީހީ ކަމެއް ކަމަށެވެ. ސިފަައިންގެ ލަފާ ދޭ މަޖިލީހަށް އައްޔަންކުރި ދެ އޮފިސަރުންނަކީ ލެފްޓިނެންޓް ކާނަލް ހައްވާ ޝެނީން އާއި ލެފްޓިނެންޓް ކާނަލް ފާތިމަަތު ތަހުސީނާ އިބްރާހީމް އެވެ.
ފަހަކަށް އައިސް، ރާއްޖޭގެ ބައެއް އިސް މަގާމުތަކަށްް އަންހެން ބޭފުޅުން ވަނީ ފުރަތަމަ ފަހަރަށް ވަޑައިގެންފަ އެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ބެންޗަށް، މިދިޔަ އަހަރު ވަނީ ފުރަތަމަ ފަހަރަށް އަންހެން ދެ ފަނޑިޔާރުން އައްޔަންކޮށްފަ އެވެ. އެއީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަޒްމިރަލްޑާ ޒާހިރު އެވެ.
ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރުގެ ގޮތުގައި މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެ މަގާމަށް ވަޑައިގެންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ފެށުމާއިި އެކު 2018 ވަނަ އަަހަރު އެވެ.