11 ފެބުރުއަރީ 2021 - 23:15

ކޮވިޑް-19 އިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 100 އަށް ވުރެ ގިނަ މީހުން ރަނގަޅުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާ ހަމައަށް 103 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެއާއެކު، ކޮވިޑުން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 15،081 އަށް އެރީ އެވެ.
އެ ބަލިން ރަނގަޅުވި މީހުންގެ އަދަދާއެކު އެކްޓިވް ކޭސްތައް ވެސް އިތުރުވެފައި ވެ އެވެ. ކޮވިޑަށް މި ވަގުތު ފަރުވާ ހޯދަމުން އަންނަނީ 2،243 މީހުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޓެސްޓުކުރި 4،765 ސާމްޕަލްގެ ތެރެއިން 186 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވެ އެވެ. އެއީ މާލެ ސަރަހައްދުން 162 މީހުންނާއި އެހެން ރަށްރަށުން 14 އަދި ރިސޯޓުތަކުން 10 މީހެކެވެ. އެއާއެކު، މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި އަދަދު 17،387 އަށް އެރީ އެވެ.