ވެބް ސީރީޒް "ގުބޫލް ހޭ 2.0" އަންނަ މަހު
ވެބް ސީރީޒް "ގުބޫލް ހޭ 2.0" އަންނަ މަހު

ޒީޓީވީން ގެނެސްދިން ކާމިޔާބު ސިލްސިލާ "ގުބޫލް ހޭ" ގެ އިތުރު ސީޒަނެއް ވެބް ސީރީޒެއްގެ ގޮތުގައި ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު އޭގެ ޓީޒާ ޓްރެއިލާ ދައްކާލައި އަންނަ މަހު ސްޓްރީމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

"ގުބޫލް ހޭ 2.0" ގެ ނަމުގައި ގެނެސްދޭ ސީރީޒް ޒީ5 އިން ސްޓްރީމްކުރާ އިރު، މީގެ ލީޑް ރޯލުން ފެންނާނީ ޓީވީ ސިލްސިލާގައި ވެސް ލީޑް ކުޅުނު ކަރަން ސިންގް ގްރޯވާ އާއި ސުރްބީ ޖޯތީ އެވެ. ބޮލީވުޑްގެ ކުރީގެ ބަތަލާ ކަރަން "ގުބޫލް ހޭ" ގައި ކުޅެނީ އައްސަދު ކިޔާ ކެރެކްޓާއެކެވެ. ސުރްބީއަކީ ޒޯ އެވެ.

މި ދެ ތަރިންނާ އެކު ލިލީތާ ޑޫބޭ އާއި އާރިފް ޒަކަރިއްޔާ އަދި މަންދިރާ ބޭދީ ފަދަ ތަރިން ފެންނާނެ އެވެ.

"ގުބޫލް ހޭ 2.0" ގެ ވަރަށް ބޮޑު ބައި ޝޫޓްކޮށްފައި ވަނީ ޔޫރަޕްގަ އެވެ. އަދި މިއީ ކުރިން ގެނެސްދިން ސިލްސިލާއާ ވަރަށް ތަފާތު ގޮތަކަށް އަދި ވަރަށް ގިނަ ސަސްޕެންސްތަކުން ފުރާލައިގެން ގެނެސްދޭނެ އެއްޗެކެވެ.

"ގުބޫލް ހޭ 2.0" ސްޓްރީމްކުރަން ފަށާނީ އަންނަ މަހުގެ 12 ގަ އެވެ.

މީގެ އޮރިޖިނަލް ސިލްސިލާ އަކީ ޒީޓީވީން 2012-2016 އަށް ގެނެސްދިން އެއްޗެކެވެ. އެ މުއްދަތުގެ ތެރޭގައި ހަތަރު ސީޒަނަކަށް "ގުބޫލް ހޭ" ގެ 856 އެޕިސޯޑް ގެނެސްދިނެވެ.

ބެލެވޭ ގޮތުން "ގުބޫލް ހޭ 2.0" އަކީ 8 އެޕިސޯޑްގެ އެއްޗެކެވެ.