ކޮވިޑް-19 ޖެހުނު މީހުނަށް ވުރެ ވެކްސިން ޖެހި މީހުން ގިނަ
ކޮވިޑް-19 ޖެހުނު މީހުނަށް ވުރެ ވެކްސިން ޖެހި މީހުން ގިނަ

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދަށް ވުރެ ވެކްސިން ޖެހި މީހުންގެ އަދަދު އިތުރު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) ގެ ހިސާބުތަކުން ދައްކައިފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމު ކުރި ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ކޮވިޑް-19 ޖެހުނު 100 މީހުން ހިމަނައިގެން މިހާތަނަށް ޖުމުލަ 17،201 މީހުންނަށް ރާއްޖެ އިން ވަނީ އެ ކޮވިޑް ޖެހިފަ އެވެ. އަދި މިހާތަނަށް ވެކްސިން ޖެހި މީހުންގެ އަދަދު 20،161 އަށް އަރާފައިވާ ކަމަށް ވެސް އެޗްޕީއޭގެ ހިސާބުތަކުން ދައްކަ އެވެ.

ކޮވިޑް ޖެހުނު މީހުންގެ އަދަދު 17،000 އިން މަތީގައި އުޅުނު ނަމަވެސް އަދިވެސް ދަނީ 2،160 މީހުންނަސް ފަރުވާ ދެމުންނެވެ. އަދި ހޮސްޕިޓަލުގައި 214 މީހުންނަށް ފަރުވާ ދެމުން އެބަދެ އެވެ.

ރާއްޖޭގައި މިއަދު އެކަނިވެސް 3،910 މީހުން ވެކްސިން ޖަހާފައިވާއިރު މިހާތަނަށް މާލެ ސަރަހައްދުން 16،000 އަށް ވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އަދި އަތޮޅުތަކުން 3،000 އަށް ވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހައިފަ އެވެ.

މިހާތަނަށް ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މަރުވެފައި ވަނީ 56 މީހުންނެވެ.