ހުޅުމާލޭ ޑިޓެންޝަން ސެންޓަރުން ބިދޭސީއަކު ފިލައިފި
ހުޅުމާލޭ ޑިޓެންޝަން ސެންޓަރުން ބިދޭސީއަކު ފިލައިފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުންނަ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުން ބިދޭސީއަކު ފިލައިފި އެވެ.

ކަރެންޝަންސް އިން މިރޭ ބުނި ގޮތުގައި މިރޭ 7:30 ހާއިރު ހުޅުމާލޭ ޑިޓެންޝަން ސެންޓަރުން ފިލާފައި ވަނީ އުމުރުން 32 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ. އޭނާ ފިލި ގޮތެއް ނުބުނެ އެވެ.

އެ ބިދޭސީ މީހާއަކީ އިމިގްރޭޝަންގެ ގާނޫނާ ހިލާފުވެގެން ރާއްޖެ އިން ފުރުވާލެވެންދެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަހައްޓާފައިވާ މީހެއް ކަމަށް ކަރެކްޝަންސް އިން ބުންޏެވެ. އޭނާއާ ބެހޭ މައުލޫމާތެއް އެނގޭ ނަމަ 9886125 ނަމްބަރަށް ގުޅައި އެކަން އަނގަން އެދޭ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ކަރެކްޝަންސްއާ ގުޅިގެން ފުލުހުން އަންނަނީ އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.