މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޓްވިޓާ އަށް 1.29 ބިލިއަން
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޓްވިޓާ އަށް 1.29 ބިލިއަން

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ އާމްދަނީ އަށް 1.29 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ޓްވިޓާ އިން ބުނެފި އެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޓްވިޓާ އަށް 1.29 ބިލިއަން
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޓްވިޓާ އަށް 1.29 ބިލިއަން

މިދިޔަ އަހަރު ލިބުނު ކުރިއެރުންތަކާ ބެހޭ ވާހަކަތައް ހިއްސާކުރައްވައި ޓްވިޓާގެ ސީއީއޯ ޖެކް ޑޯޒީ ވިދާޅުވީ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު 28 ޕަސެންޓްގެ ކުރިއެރުމެއް ކަމަށެވެ.

މިދިޔަ އަހަރު ޓްވިޓާގެ ޖުމްލަ އާމްދަނީ އުޅެނީ ގާތްގަނޑަކަށް 3.72 ބިލިއަން ޑޮލަރުގަ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާ އިރު ހަތް ޕަސަންޓްގެ ކުރިއެރުމެކެވެ.

ޖެކް ވަނީ ދެހާސް ވިއްސަކީ ޓްވިޓާ އަށް ވަރަށް އާދަޔާހިލާފު އަހަރެއްގެ ގޮތުގައި ވެސް ސިފަކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޓްވިޓާގެ މަގުބޫލުކަމާއި ކާމިޔާބީ އާއި ކުރިއެރުން ގުޅިފައި އޮތީ އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންނަށް ކަމަށްވާތީ ޓްވިޓާ އަބަދު ވެސް މަސައްކަތް ކުރާނީ އެ ރޫހުގަ އެވެ.

މިދިޔަ މަހުގެ ކުރީކޮޅު އެމެރިކާގެ ކެޕިޓަލް ހިލްގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އޭރުގެ ރައީސް ޑޮނަލްޓް ޓްރަމްޕެގެ ޓްވިޓާ އެކައުންޓް ދާއިމީކޮށް ބަންދުކުރުމުން ޓްވިޓާގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ އާމްދަނީ އަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމަށް ބައެއް މީހުން ބުނާތި އެކަމަށް ވެސް ޖެކް ރައްދު ދެއްވި އެވެ.

"ޓްވިޓާ އަކީ އެއް އިރެއްގައި ވެސް ވަކި މީހެއްގެ އެކައުންޓަކަށް ނުވަތަ ވަކި ޓޮޕިކަކަށް ބަރޯސާވާ ބައެއް ނޫން. އެއަށް ވުރެ މި ޕްލެޓްފޯމް ބޮޑުވެފައި ފުދުންތެރިކަން ބޮޑު،" އޭނާ ވިދާޅުވި އެވެ. "ޓްވިޓާ ބޭނުންކުރާ މީހުންގެ އަށްޑިހަ ޕަސަންޓަކީ އެމެރިކާ ނޫން ގައުމުތަކުގެ މީހުން."

ޖެކް ވިދާޅުވި ގޮތުގައި ކުރިއަށް އޮތީ ވެސް ޓްވިޓާ އިތުރަށް ވަރުގަދަ ކުރުމަށް ކުރަން ޖެހޭ މަސައްކަތެވެ. އެގޮތުން ޓްވިޓާ ބޭނުންކުރާ މީހުންގެ އަދަދު މި އަހަރު އިތުރު 20 ޕަސަންޓަށް ގެންދަން ބޭނުންވާތީ ކުންފުނިން ކުރަން ޖެހޭ ހޭދަ މަދުވެގެން 25 ޕަސަންޓަށް އިތުރުވާނެ ކަމަށް ވިދާޅުވި އެވެ. އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 940 މިލިއަނާއި 1.04 ބިލިއަން ޑޮލަރާ ދެމެދުގެ އާމްދަނީއެކެވެ.

ދެހާސް ހައެއްގައި ވުޖޫދަށް އައި ޓްވިޓާގެ މުވައްޒަފުންގެ އަދަދު މިހާރު 5،500 އަށް ވުރެ ގިނަ އެވެ. ޓްވިޓާ ބޭނުންކުރާ މީހުންގެ އަދަދު 330 މިލިއަނަށް ވުރެ ގިނަ އެވެ.