03 ޖޫން 2016 - 07:50

ރިތިކް ރޯޝަން މިހާރު ކުޅެމުންދާ އެއް ފިލްމަކީ ސަންޖޭ ގުޕްތާގެ "ކާބިލް" އެވެ. އަންނަ އަހަރުގެ ޖެނުއަރީ 26 ގައި ރިލީޒްކުރުމަށް ތައްޔާރުކުރަމުންދާ މި ފިލްމުގައި ރިތިކާ އެކު ލީޑް ރޯލު ކުޅޭ ބަތަލާއަކީ ޔާމީ ގޯތަމް އެވެ.
އިންޑިއާގެ މަޝްހޫރު ނޫހަކުން ޔާމީ ކުރެން މި ފިލްމުގައި އޭނާ ކުޅޭ ކެރެކްޓާއަކީ ކޮބައިތޯ ސުވާލުކުރުމުން އޭނާ ބުނެފައި ވަނީ ރިތިކާއި އޭނާ ކުޅެނީ ލޯފަން ދެ މީހުންގެ ރޯލު ކަމަށެވެ.
މިއީ ލޯފަން ދެ މީހެއްގެ ލޯބީގެ ވާހަކަ، ފިލްމެއްގެ ލީޑް ރޯލު ކުޅޭ ދެ އެކްޓަރުން ތަމްސީލުކުރާ ފުރަތަމަ ފަހަރު ކަމަށް ވެސް ޔާމީ ބުންޏެވެ.
ލޯފަން ދެ މީހެއްގެ ލޯތްބަކީ ވަރަށް ޝައުގުވެރިވާނެ ވާހަކައަކަށް ވާނެކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
ރިތިކާއި ޔާމީއާ އެކު މި ފިލްމުގައި ބައިވެރިވާ އިތުރު ތަރިންގެ ތެރޭގައި ރޯނިތު ރޯއީ އާއި ރޯހިތު ރޯއީގެ ދެބެން ހިމެނެ އެވެ. އެ ދެބެން މި ފިލްމުގައި ކުޅެނީ ނުބައި ބައެވެ. އަދި ސޯނޫ ސޫދު ވެސް މި ފިލްމުގައި ވަރަށް މުހިއްމު ބައެއް ކުޅެ އެވެ.