ދިވެހިން ހިއްސާވާ ލޮޓީފައިލްސް އިން އިންޑިއާގެ "އައިކަންސްކައުޓް" ގަނެފި
ދިވެހިން ހިއްސާވާ ލޮޓީފައިލްސް އިން އިންޑިއާގެ "އައިކަންސްކައުޓް" ގަނެފި

ދިވެހި ޑިވެލޮޕަރުން ހިއްސާވާ އަދި ދާދި ފަހުން މައިކްރޮސޮފްޓުން ނުވަ މިލިއަން ޑޮލަރު އިންވެސްޓްކުރި ލޮޓީފައިލްސް އިން އިންޑިއާގެ ޑިޒައިން އެސެޓް މާކެޓްޕްލޭސް އެއް ކަމަށްވާ "އައިކަންސްކައުޓް" ގަނެފި އެވެ.

ދިވެހިން ހިއްސާވާ ލޮޓީފައިލްސް އިން އިންޑިއާގެ "އައިކަންސްކައުޓް" ގަނެފި
ދިވެހިން ހިއްސާވާ ލޮޓީފައިލްސް އިން އިންޑިއާގެ "އައިކަންސްކައުޓް" ގަނެފި

މުޅި ދުނިޔޭގައި ވެސް މިހާރު ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މޯޝަން ގްރެފިކްސް ޕްލެޓްފޯމެއް ކަމަށްވާ ލޮޓީފައިލްސް އިން ގަތް "އައިކަންސްކައުޓް" އަކީ ވެސް މަގުބޫލު ޕްލެޓްފޯމެކެވެ.

ދިވެހިން ހިއްސާވާ ލޮޓީފައިލްސް އިން އިންޑިއާގެ "އައިކަންސްކައުޓް" ގަނެފި
ދިވެހިން ހިއްސާވާ ލޮޓީފައިލްސް އިން އިންޑިއާގެ "އައިކަންސްކައުޓް" ގަނެފި

ލޮޓީފައިލްސް އިން އައިކަންސްކައުޓް ގަތް އަގެއް ހާމައެއް ނުކުރެ އެވެ.

އައިކަންސްކައުޓްގައި 65،000 އަށް ވުރެ ގިނަ ކުންފުނިން މިލިއަނަކަށް ވުރެ ގިނަ ޑިޒައިނަރުންނާއި ޑިވެލޮޕަރުން ބައިވެރިވެ އެވެ. މި ޕްލެޓްފޯމްގައި ހުންނަ މޯޝަން ގްރެފިކްސްތައް ވެބް، އެޕް އަދި އެހެން ޕްލެޓްފޯމްތަކުގައި ބޭނުންކުރެ އެވެ.

އައިކަންސްކައުޓްގައި މިހާރު ވެސް ޑިޒައިނަރުންނާއި ޑިވެލޮޕަރުންގެ 2.2 މިލިއަނަށް ވުރެ ގިނަ އުފެއްދުންތައް އެބަހުއްޓެވެ. މީގެ ތެރޭގައި އެސްވީޖީ، ވެކްޓަ އައިކަންސް، އިލަސްޓްރޭޝަން އަދި ތްރީޑީ ގްރެފިކްސް ވެސް ހިމެނެ އެވެ. އަޑޯބީ އެކްސްޑީ، ފިގްމާ، ސްކެޗް އަދި މައިކްރޮސޮފްޓް އޮފީސް ފަދަ އެޕްލިކޭޝްންތަކަށް އިންޓަގްރޭޝަން އާއި ޕްލަގިން ޓޫލްސް ވެސް މި ޑިޒައިންތަކާ އެކު ލިބޭނެ އެވެ.

ލޮޓީފައިލްސް އިން އައިކަންސްކައުޓް ގަތުމަށް ފަހު ވެސް މިހާރުވެސް ހިންގަމުން އަންނަ ގޮތަށް ޑިޒައިން އެސެޓްތައް އުފެއްދުމުގައި ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގަމުންދާނެ އެވެ.

"އަހަރެމެންގެ އަމާޒަކީ ޑިޒައިނަރުންނާއި ޑިވެލޮޕަރުން އެ މީހުންގެ އުފެއްދުންތައް ޓެސްޓްކުރުމާއި އެޑިޓްކުރުން ފަދަ ކަންކަމުގައި ހޭދަވާ އެތައް ހަފުތާއެއް ސަލާމަތްކޮށްދިނުން. އަހަރެމެންނާ ހަމަ އެއް އަމާޒަކަށް މަސައްކަތްކުރާ އައިކަންސްކައުޓް ވެސް އަހަރެމެންގެ މި ދަތުރުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް،" އައިކަންސްކައުޓް ގަތުމާ ބެހޭ ގޮތުން ލޮޓީފައިލްސްގެ ކޯ-ފައުންޑާ އަދި ސީއީއޯ ޝިޖީތު މިންގްލާނީ ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ދެ އެޕް ސްޓޯރުން އެންމެ ގިނައިން ޑައުންލޯޑްކުރާ އެޕްތަކުގައި މިހާރު ބޭނުންކޮށްފައި ހުންނަނީ ލޮޓީފައިލްސް ލޮޓީ އެނިމޭޝަންތައް ކަމަށެވެ.

ލޮޓީފައިލްސްގެ ބަޔާނުގައި އައިކަންސްކައުޓްގެ ކޯ-ފައުންޑާ ދަލްޕާޓް ޕްރަޖަޕާތީ ވިދާޅުވީ ލޮޓީފައިލްސްއާ އެކު އައިކަންސްކައުޓަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބިގެންދާނެ ކަމަށެވެ.

"އަހަރަމެންގެ ޓީމު މި ތިބީ ލޮޓީފައިލްސް އާއި އައިކަންސްކައުޓްގެ ޑިޒައިން 'އީކޯސިސްޓަމެއް' އުފައްދަން ފުރުސަތު ލިބުނީތީ ވަރަށް އުފަލުން،" ޕްރަޖަޕާތީ ބުނެފައިވެ އެވެ.

ބޮޑު ބައި މައިކްރޮސޮފްޓްގެ ވެންޗާ ފަންޑު އެމް12 އިން ދީގެން ލޮޓީފައިލްސް އިން ނުވަ މިލިއަން ޑޮލަރުގެ ފަންޑިން ކަށަވަރުކުރިކަން މިދިޔަ މަހު ވަނީ އިއުލާނުކޮށްފަ އެވެ.