09 ނޮވެމްބަރ 2016 - 09:12

މިއީ އެމެރިކާގައި ސިޔާސީ މަގާމެއް ފުރުއްވާފައިނުވާ ނުވަތަ އަސްކަރިއްޔާގައި ހިދުމަތްކުރައްވާފައި ނުވާ ބޭފުޅަކު ރައީސްގެ މަގާމަށް އިންތިހާބު ކުރި ފުރަތަމަ ފަހަރު.
ޓްރަމްޕުގެ ކާމިޔާބީގެ ތަގުރީރު ނިންމަވާލައްވައިފި.
ޓްރަމްޕް: މިއީ ތާރީހީ ކާމިޔާބީއެއް. އެކަމަކު ހަގީގީ ކާމިޔާބީއަކަށް ވާނީ ރަނގަޅު މަސައްކަތްތަކެއް އެމެރިކާގެ ރައްޔިތުންނަށް ކޮށްދެވިގެން. އެކަން ކުރާނަން. އެއްވެސް ރައްޔިތެއްގެ އުއްމީދުތައް ގެއްލުވައެއް ނުލާނަން. އުއްމީދުކުރަނީ ރައްޔިތުން އަޅުގަނޑާ މެދު ފަހުރުވެރިވާނެ ވަރުގެ މަސައްކަތްތަކެއް ކޮށްދެވޭނެ ކަމަށް. އެެމެރިކާގެ ދެކެ ވަރަށް ލޯބިވޭ.
ޓްރަމްޕް މިހާރު ގެންދަވަނީ އޭނާގެ ކެމްޕޭނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ޝުކުރު އަދާކުރައްވަމުން. އޭގެ ތެރޭގައި އެކި މަގާމުތައް ކުރިން ފުރުއްވާފައިވާ ބޭފުޅުން ހާއްސަކޮށް ފާހަގަކުރެއްވި.
ޓްރަމްޕް: މިއީ ބުރަ ކަމެއް. މި މަސައްކަތުގައި އެކުގައި ތިބީތީ އާއިލާ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އެންމެން ދެކެ ވަރަށް ލޯބިވޭ.
ޓްރަމްޕް: އެމެެރިކާގެ ސިޔާސަތުތައް ކުރިއަރުވަން މަސައްކަތް ކުރިޔަސް، ހުރިހާ ގައުމަކާ އެކު މަސައްކަތް ކުރާނަން. ހަނގުރާމައެއް ނުކުރާނަން. އޭގެ ބަދަލުގައި މަސައްކަތް ކުރާނީ ސުލްހަމަސަލަސްކަން ގާއިމްކުރުމަށް.
ޓްރަމްޕް: އެންމެ މަތީ ފަންތީގައި ނޫނީ އެމެރިކާ ހިންދެމިއެއް ނުލާނެ. މި ހިސާބުން މި ފެށުނީ އެ މަސައްކަތް. އެއްވެސް ހުވަފެނަކީ ހާސިލް ނުކުރެވޭނެ ކަމެއް ނޫން.
ޓްރަމްޕް: ގައުމުގެ އިގްތިސާދު ކުރިއަރުވައި އާރޯކަން ގެންނާނަން. ވަރަށް ވަރުގަދަ އިގްތިސާދީ ސިޔާސަތެއް އެބަ އޮތް. އިގްތިސާދީ ކުރިއެރުން ދެ ގުނަކޮށް، އެހެން ގައުމުތަކާ އެކު މަސައްކަތް ކުރާނަން.
ޓްރަމްޕް: އެމެރިކާގެ އެއްވެސް ރައްޔިތެއްގެ މަތިން ހަނދާން ނައްތައެއް ނުލާނެ. އެ މީހުންގެ މަތިން ހަނދާނެއް ނުނެތޭނެ. އިންފްރަސްޓްރަކްޗާ ގާއިމްކުރާނަން. ބްރިޖާއި އެއާޕޯޓުތަކާއި އެ ނޫން ވެސް ތަންތަން އަޅައި ވަޒީފާގެ ފުރުސުތުތައް ހޯދައިދޭނަން.
ޓްރަމްޕް: މިއީ އެތައް ބައެއްގެ ބުރަ މަސައްކަތް. އެ މީހުންގެ ކުރިމަގު ބިނާކޮށް، އުޖާލާކުރަން ބޭނުންވި އެތައް ބައެއްގެ މަސައްކަތް. މި ހިސާބުން މި ފަށަނީ އެމެރިކާ ހެޔޮ މަގަށް އެޅުވުމުގެ މަސައްކަތް. މުޅި ހަޔާތް ހޭދަކުރީ ގާބިލުކަން ހޯދައި އެކަން ދެއްކުމަށް.
ޓްރަމްޕް: މިއީ އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު. އަޅުގަނޑު ވާނީ ހުރިހާ އެމެރިކާ ރައްޔިތުންގެ ރައީސަކަށް. އެންމެންނަށް މި ގޮވާލަނީ އަޅުގަނޑަށް އެހީތެރިވެ، އެެއްބާރުލުން ދިނުމަށް.
ޓްރަމްޕު: ހިލަރީ ވަރަށް މަސައްކަތް ކުރެއްވި. އޭނާގެ ހިދުމަތް ބަލައިގަންނަން ޖެހޭ.
ޑޮނަލްޑް ޓްރަމްޕް ކާމިޔާބީގެ ތަގްރީރު ދެެއްވުމަށް ތައްޔާރުވެވަޑައިގަންނަވަނީ
އެރިޒޯނާގެ ވޯޓް ވެސް ޓްރަމްޕަށް ލިބިވަޑައިގެންފި. ދެން ބޭނުން ވަނީ ދެ އިލެކްޓޯރަލް ކޮލެޖް ވޯޓު.
ހިލަރީ ބަލި ގަބޫލު ކުރައްވައި، އިންތިހާބު ކާމިޔާބު ކުރެއްވި ޓްރަމްޕް އަށް މަރުހަބާ ވިދާޅުވެއްޖެ
މިޝިގަން އާއި ޕެންސިލްވޭނިއާގެ ވޯޓުގައި ޓްރަމްޕް އުޅުއްވަނީ ކުރީގައި. މި ދެ ސްޓޭޓް ޓްރަމްޕް ކާމިޔާބު ކުރައްވާ ނަތީޖާ އިއުލާން ކުރުމާ އެކު 270 އަށް ވުރެ އިތުރަށް ޓްރަމްޕަށް ވޯޓު ލިބިވަޑައިގަންނަވާނެ.
ޓްރަމްޕަށް މިހާރު 257 އިލެކްޓޯރަލް ވޯޓް ލިބިވަޑައިގެންފައިވާ އިރު ހިލަރީ އަށް ލިބިވަޑައިގެންނެވީ 215 އިލެކްޓޯރަލް ވޯޓް ކަމަށް ސީއެންއެން އިން ބުނޭ.
ވިސްކޮންސިންގެ ވޯޓް ޓްރަމްޕް ކާމިޔާބު ކުރުމާ އެކު ދެން ބޭނުން ވަނީ 13 އިލެކްޓޯރަލް ކޮލެޖް ވޯޓު
އެންމެން މިހާރު އިންތިޒާރު ކުރަމުން ދަނީ 16 ވޯޓު ހިމެނޭ މިޝިގަން އާއި 20 ވޯޓު ހިމެނޭ ޕެންސިލްވޭނިއާގެ ނަތީޖާ އަށް. ދެ ސްޓޭޓް ވެސް ވަރަށް ވާދަވެރި. މިއިން އެންމެ ސްޓޭޓެއް ކާމިޔާބު ވިޔަސް ޓްރަމްޕް ވާނީ އާ ރައީސަށް
އިންތިޚާބީ ހެޑްކުއާޓަރަށް ޓްރަމްޕް ދާދި ދެންމެއަކު ވަޑައިގެންފި.
ބައެއް ގައުމުތަކުގެ ސިޔާސީ ލީޑަރުން މިހާރުވެސް ޓްރަމްޕަށް މަރުހަބާ ވިދާޅުވަމުން އެބަ ގެންދަވާ ކަމަށް މީޑިއާ އިން ބުނޭ.
ބައެއް ލަފާކުރުންތަކުން ދައްކާ ގޮތުގައި ޓްރަމްޕް 276 އިލެކްޓޮރަލް ވޯޓު ހޯއްދަވާނެ. ނަމަވެސް ހިލަރީގެ ކެމްޕޭން ޗެއާމަން ވިދާޅުވީ ބައެއް ސްޓޭޓްތަކުގެ ނަތީޖާ ވަރަށް ހަމަހަމަ ކަމަށާއި އެހެންވެ މިވަގުތު ނަތީޖާއާ މެދު ވާހަކަ ނުދައްކަވާނެ ކަމަށް.
ހިލަރީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި، ހިލަރީގެ ކެމްޕެއިން ޗެއާ ޖޯން ޕޮޑެސްޓާ ވާހަކަ ދައްކަވައިފި. އޭނާ ވިދާޅުވީ އަދިވެސް ނަތީޖާ ދަނީ ބަދަލުވަމުން ކަމަށް. އޭނާ ވަނީ އަދިވެސް ކާމިޔާބު ކުރެވިދާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައި. ސަޕޯޓަރުންނާ ހިލަރީ ބައްދަލެއް ނުކުރައްވާނެ
އެމެރިކާގެ ވެރިކަމަށް ވަޑައިގަތުމަށް ޓްރަމްޕަށް ދެން ބޭނުން ވަނީ އެންމެ ހަ ވޯޓު.
ޕެންސިލްވޭނިއާގެ 20 އިލެކްޓޮރަލް ވޯޓާ އެކު ޓްރަމްޕުގެ މިހާރުގެ ޖުމުލަ އަކީ 264. އިންތިހާބު ކާމިޔާބުކުރަން ބޭނުންވަނީ 270
ސެނެޓްގެ މެޖޯރިޓީ ވެސް ވަނީ ރިޕަބްލިކަން ޕާޓީން އަނެއްކާވެސް ހޯދާފައި
ޓްރަމްޕުގެ ސަޕޯޓަރުން އުފާ ފާޅުކުރަމުންދާއިރު އެ ތަންތަނުގައި މުސްލިމުންނާ ދެކޮޅަށް އަޑު އުފުލަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނޭ
އެންމެ ފަހުގެ ނަތީޖާއާ އެކު ޓްރަމްޕަށް މިހާރު ވަނީ 244 ވޯޓު ލިބިވަޑައިގެންފައި. ހިލަރީ އަށް 215. އަދިވެސް ބާކީ 79 އިލެކްޓޮރަލް ވޯޓު އެބަ އޮތް. އިންތިހާބު ކާމިޔާބު ކުރުމަށް ހިލަރީ އަށް 55 ވޯޓު ބޭނުންވާއިރު ޓްރަމްޕަށް ބޭނުންވަނީ އެންމެ 26 ވޯޓު
އެމެރިކާގެ ރައީސް ކަމަށް ވަޑައިގަންނަވަނީ ޓްރަމްޕް ކަމަށް ބެލެވެން ފެށުމާ އެކު ހިއްސާގެ ބާޒާރުތަކުގެ ވިޔަފާރި ވަނީ ދަށްވެފައި.
ނެވާޑާގެ ވޯޓާ އެކު ހިލަރީ އަށް މިހާރު ވަނީ 215 އިލެކްޓޯރަލް ވޯޓް ލިބިވަޑައިގެންފައި.
ޓްރަމްޕް ވަނީ ފްލޮރިޑާ، އޮހާޔޯ، ނޯތު ކެރޮލައިނާ ޓްރަމްޕް ވަނީ ހޯއްދަވާފައި. ދެން ބޭނުން ވަނީ 26 އިލެކްޓޯރަލް ވޯޓު.
އޮސްޓްރޭލިއާގެ ފާ-ރައިޓް ޕާޓީން މިހާރު ވަނީ ޓްރަމްޕަށް މަރުހަބާ ކިޔާފައި.
ވައިޓްހައުސް އަށް ވަޑައިގަތުމަށް ހިލަރީ އަށް ޕެންސިލްވޭނިއާ، މިޝިގަން އަދި ވިސްކޮންސިންގެ ވޯޓު ހޯދަން ޖެހޭ.
އެންމެ ފަހުގެ ނަތީޖާއާ އެކު ޓްރަމްޕް އަނެއްކާވެސް ލީޑު ވަރުގަދަކުރައްވައިފި. މިހާރު ޓްރަމްޕަށް 232، ހިލަރީ އަށް 209.
ފަންސާސް ސްޓޭޓުގެ ތެރޭން 41 ސްޓޭޓުގެ ނަތީޖާ ވަނީ ސާފުކޮށްފައި. ޓްރަމްޕަށް ދެން ބޭނުން ވަނީ 26 އިލެކްޓޯރަލް ވޯޓް. ހިލަރީ އަށް ލިބިވަޑައިގެންފައި ވަނީ 209 ވޯޓު.
ޖޯޖިއާގެ ވޯޓާ އެކު ޓްރަމްޕް މިހާރު ވަނީ 244 އިލެކްޓޮރަލް ވޯޓް ހޯއްދަވާފައި. ކާމިޔާބު ކުރުމަށް ބޭނުންވަނީ 270 އިލެކްޓޮރަލް ވޯޓް.
ފްލޮރިޑާގެ ވޯޓާ އެކު ޓްރަމްޕް މިހާރު ވަނީ 228 އިލެކްޓޯރަލް ވޯޓް ހޯއްދަވާފައި. ހިލަރީ އަށް މިހާތަނަށް ލިބިވަޑައިގެންފައި ވަނީ 209 އިލެކްޓޯރަލް ވޯޓް
ވޮޝިންޓަން (ނޮވެމްބަރު 9) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑުތަން ކުރީގައި އުޅުއްވުމަށް ފަހު ހިލަރީ ކްލިންޓަން އަނެއްކާވެސް ތަފާތު ކުޑަ ކުރައްވައިފި އެވެ.
ފަންސާސް ސްޓޭޓުގެ ތެރޭން ބާކީ 36 ސްޓޭޓުގެ ނަތީޖާ ސާފުކުރި އިރު ހިލަރީ އަށް ވަނީ 197 އިލެކްޓޯރަލް ވޯޓް ލިބިވަޑައިގެންފަ އެވެ. ޑްރަމްޕް ވަނީ 187 އިލެކްޓޯރަލް ވޯޓް ހޯއްދަވައިފަ އެވެ. ސީއެންއެން އިން ބުނި ގޮތުުގައި ޓްރަމްޕް ވަނީ ނޯތު ކެރޮލައިނާ ކާމިޔާބު ކުރައްވައިފަ އެވެ. ހިލަރީ ވަނީ ކެލިފޯނިއާގެ ވޯޓު ކާމިޔާބު ކުރައްވައިފަ އެވެ.
ހިލަރީ ކުރި ހޯއްދެވީ ޓްރަމްޕް ވަރަށް ބޮޑުތަން ކުރިއަށް ޖެހިވަޑައިގެންފައި ވަނިކޮށެވެ. ޓްރަމްޕަށް 169 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންނެވި އިރު ހިލަރީ އުޅުއްވީ 122 އިލެކްޓޯރަލް ވޯޓުގަ އެވެ.
ޓްރަމްޕް ކުރި ހޯއްދެވީ އޮހާޔޯގެ ވޯޓާ އެކު އެވެ. އޮހާޔޯ އަކީ ހިލަރީ ކްލިންޓަން އެންމެ ބޮޑަށް ކެމްޕޭން ކުރެއްވި އެއް ސްޓޭޓެވެ. ޑިމޮކްރެޓިކް ނޭޝަނަލް ކޮންގްރެސް އަށް ފަހު ހިލަރީ ވަނީ އެ ސްޓޭޓަށް 11 ފަހަރު ވަޑައިގެން ކެމްޕޭން ކުރައްވައިފަ އެވެ. އަދި މިދިޔަ ހަފުތާގައި ވަނީ ދެ ފަހަރަށް އެ ސްޓޭޓަށް ވަޑައިގެންފަ އެވެ.