މާމެންދޫގައި ކުއްޖަކު މަރާލި މައްސަލާގައި ބަޔަކު ހައްޔަރުކޮށްފި
މާމެންދޫގައި ކުއްޖަކު މަރާލި މައްސަލާގައި ބަޔަކު ހައްޔަރުކޮށްފި

ގއ. މާމެންދޫގައި ކުއްޖަކު މަރާލި މާރާމާރީގެ މައްސަލާގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

އުމުރުން 17 އަހަރުގެ އަހްމަދު އުދައްޔު އާއި އޭނާގެ ބޭބެއަށް ހަމަލާދިން މައްސަލާގައި ކޯޓު އަމުރަކަށް ހައްޔަރުކުރީ 27 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

މާރާމާރީ ހިންގިތާ ކުޑަ އިރުކޮޅެއްގެ ތެރޭ ފުލުހުން ވަނީ، ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ އެކަކު ހައްޔަރުކޮށްފަ އެވެ. ފަހުން ހައްޔަރުކުރި ތިން މީހުން ވެސް ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

ރޭ 10:00 ހާއިރު ހިންގި މާރާމާރީގައި ޒަހަމްވެ ފަރުވާ ދެމުން އަންނަނީ މަރުވި ކުއްޖާގެ އެއްބަނޑު އެއްބަފާ ބޭބެއަށެވެ. އޭނާގެ ހާލު ވެސް ސީރިއަސް ކަމަށްވެ އެވެ. ޒަހަމްވި އުދައްޔު މަރުވީ ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

ރޭގެ މާރާމާރީ ތަހުގީގުކުރަން ފުލުހުންގެ ހާއްސަ ޓީމެއް މިއަދު މާމެންދުއަށް ދާނެ އެވެ.