ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުކޮށްފި
ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުކޮށްފި

ވޮޝިންޓަން (ނޮވެމްބަރު 9) - އެމެރިކާގެ އެންމެ މުހިންމު އެއް ސްޓޭޓް ކަމަށްވާ އޮހާޔޯ ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރުމާ އެކު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން ބޮޑުވެއްޖެ އެވެ.

އެމެރިކާގެ 50 ސްޓޭޓުގެ ތެރޭން 30 ސްޓޭޓުގެ ނަތީޖާ ސާފުކޮށްފައިވާ އިރު ޓްރަމްޕް ވަނީ 169 އިލެކްޓޯރަލް ވޯޓު ހޯއްދަވައިފަ އެވެ. ހިލަރީ އަށް މިހާތަނަށް ލިބިވަޑައިގެންފައި ވަނީ 122 އިލެކްޓޯރަލް ވޯޓެވެ. ވެރިކަމަށް ވަޑައިގަތުމަށް ބޭނުން ވަނީ މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ.

އޮހާޔޯ އަކީ ހިލަރީ ކްލިންޓަން އެންމެ ބޮޑަށް ކެމްޕޭން ކުރެއްވި އެއް ސްޓޭޓެވެ. ޑިމޮކްރެޓިކް ނޭޝަނަލް ކޮންގްރެސް އަށް ފަހު ހިލަރީ ވަނީ އެ ސްޓޭޓަށް 11 ފަހަރު ވަޑައިގެން ކެމްޕޭން ކުރައްވައިފަ އެވެ. އަދި މިދިޔަ ހަފުތާގައި ވަނީ ދެ ފަހަރަށް އެ ސްޓޭޓަށް ވަޑައިގެންފަ އެވެ. އެމެރިކާގެ ވެރިކަމަށް ވަޑައިގެންނެވި ހުރިހާ ރިޕަބްލިކަން ކެންޑިޑޭޓުން ވެސް ވަނީ އޮހާޔޯ ކާމިޔާބު ކުރައްވައިފަ އެވެ.