އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ މަކަރުން ފައިސާ ނަގާ މީހަކަށް ދައުވާކުރަން ފޮނުވައިފި
އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ މަކަރުން ފައިސާ ނަގާ މީހަކަށް ދައުވާކުރަން ފޮނުވައިފި

ސައްހަ ނޫން އެއްބަސްވުންތަކެއް ހަދައި، އެޕާޓްމަންޓްތަކެއް ކުއްޔަށް ދިނުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ފައިސާ ނެގި މީހެއްގެ މައްސަލައެއް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ދައުވާކުރަން ފޮނުވީ ޅ. ހިންނަވަރު އަންބަރީގެ، އިބްރާހިމް ނަޒީދުގެ މައްޗަށް ކަމަށެވެ.

މި މައްސަލަ ތަހުގީގުކުރި އިރު، ކާޑު ފޯޖަރީގެ ކުށެއް ސާބިތުވުމާ ގުޅިގެން އޭނާ ހުރީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުކުމެއް ތަންފީޒުކުރަން ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް މިހާރު އޭނާ ހުރީ ބަންދަކު ނޫނެވެ.

މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ހިއްސާކޮށްފަ އެއް ނުވެ އެވެ.