ޓްރަމްޕުގެ ދަރިފުޅު ވޯޓު ކަރުދާސް ފޮޓޯ ނަގާ ޓްވީޓް ކުރުން މައްސަލައަކަށް
ޓްރަމްޕުގެ ދަރިފުޅު ވޯޓު ކަރުދާސް ފޮޓޯ ނަގާ ޓްވީޓް ކުރުން މައްސަލައަކަށް

ނިއު ޔޯކް (ނޮވެމްބަރު 8) - އެމެރިކާގައި ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާ އިރު ޑޮނަލްޑް ޓްރަމްޕުގެ ދަރިފުޅު އެރިކް ޓްރަމްޕް ބައްޕަ އަށް ފަޚުރުވެރިކަމާ އެކު ވޯޓުލާފައިވާ ކަމަށް ވިދާޅުވެ ވޯޓު ކަރުދާސްކޮޅު ސޯޝަލް މީޑިއާގައި ޝެއާކުރެއްވި މައްސަލަ ބޮޑު ވެއްޖެ އެވެ.

ޓްރަމްޕުގެ ދަރިފުޅު ވޯޓު ކަރުދާސް ފޮޓޯ ނަގާ ޓްވީޓް ކުރުން މައްސަލައަކަށް
ޓްރަމްޕުގެ ދަރިފުޅު ވޯޓު ކަރުދާސް ފޮޓޯ ނަގާ ޓްވީޓް ކުރުން މައްސަލައަކަށް

ވޯޓު ކަރުދާސް ފޮޓޯ ނެގުމާއި ޝެއާ ކުރުމަކީ ނިއު ޔޯކުގައި މަނާ ކަމެކެވެ. އެމެރިކާގެ 18 ސްޓޭޓެއްގައި ވަނީ ވޯޓު ކަރުދާސް ފޮޓޯ ނެގުމާއި އާއްމު ކުރުން މަނާކޮށްފަ އެވެ.

"ބައްޕަ އަށް ވޯޓު ދިނުމަކީ ލިބޭ އާދަޔާޚިލާފު ބޮޑު ފަޚުރެއް. އެމެރިކާގެ ރައްޔިތުންނަށް ބައްޕަ މި ފުރިހަމަ މަސްއޫލިއްޔަތު އަދާކޮށްދެއްވާނެ،" ވޯޓު ކަރުދާސްކޮޅުގެ ފޮޓޯއަކާ އެކު އެރިކް ޓްވީޓްކުރައްވާފައިވެ އެވެ.

އޭނާ ފަހުން ވަނީ އެ ޓްވީޓް ޑިލީޓްކޮށްލައްވައިފަ އެވެ.

އެރިކުގެ ޓްވީޓާ ގުޅިގެން ނިއު ޔޯކް ސިޓީ ސްޓޭޓުގެ ބޯޑް އޮފް އިލެކްޝަން އަށް ވަނީ ޑިމޮކްރެޓިކް ކޯލީޝަން އެގެއިންސްޓް ޓްރަމްޕުގެ ފަރާތުން މައްސަލަ ހުށަހަޅައިފަ އެވެ. ކޯލީޝަނުގެ ސީނިއާ ޑިރެކްޓާ ސްކޮޓް ޑްވޯކިން ވިދާޅުވީ "ޓްރަމްޕުގެ އާއިލާ އިން އަނެއްކާވެސް މިވަނީ ގާނޫނު އެ މީހުންގެ މައްޗަށް ނުހިނގާނެ ކަމަށް ބަލާ ކަމެއްކޮށްފައި" ކަމަށެވެ.