08 ފެބުރުއަރީ 2021 - 09:54

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތަކާ ގުޅިގެން، ހުރިހާ ކަސްޓަމަރުން ވެސް އޮންލައިންކޮށް ޚިދުމަތް ހޯދަން އުރީދޫން އެދިއްޖެ އެވެ.
އެ ކުންފުނީގެ މުހިންމު ހިދުމަތްތައް ދެ ޕްލެޓްފޯމަކުން މިހާރު ލިބޭނެ އެވެ. އެއީ އުރީދޫ މޯބައިލް އެޕްލިކޭޝަނާއި ޑިޖިޓަލް ސެންޓަރުތަކުންނެވެ.
އުރީދޫ މޯބައިލް އެޕްލިކޭޝަނުން http://ore.do/app 24 ގަޑިއިރު ޚިދުމަތް ލިބޭނެ އެވެ. މި ޚިދުމަތްތަކުގެ ތެރޭގައި ބިލް ދެއްކުމާއި ރީޗާޖު ކުރުމާއި ކަސްޓަމާ ކެއާ އޭޖެންޓުނާ ވާހަކަ ދެއްކުން ހިމެނެ އެވެ.
މީގެ އިތުރުން، މި އެޕްލިކޭޝަން މެދުވެރިކޮށް އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް "މޫލީ"ގައި ރަޖިސްޓަރީ ކޮށްފައިވާ ތަންތަނުން ވިޔަފާރި ކުރެވޭނެ އެވެ. ގޭސްފުޅި ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫގެ ޑިޖިޓަލް ވޮލެޓު "އެމް ފައިސާ" މެދުވެރިކޮށް ގޭސްފުޅި އަށް ފައިސާ ދައްކައި އޯޑަރު ކުރެވޭނެ އެވެ.
އުރީދޫ އެޕް ޑައުން ލޯޑު ނުކޮށް ބިލް ދައްކަން ބޭނުންވާ ކަސްޓަމަރުންނަށް އެ ކުންފުނީގެ ކުއިކް ޕޭ http://ore.do/qpay މެދުވެރިކޮށް ވެސް ބިލް ދެއްކޭނެ އެވެ.
އުރީދޫ ޑިޖިޓަލް ސެންޓަރަކީ ވެސް 24 ގަޑިއިރުގެ ޚިދުމަތް ލިބޭ ތަނެކެވެ. މި ސެންޓަރުން ޕްރިޕެއިޑް ސިމް ކާޑާއި ބިލް ދެއްކުމާއި ރީޗާޖު ކުރުމުގެ އިތުރުން އެމް ފައިސާ އަށް ކޭޝް އިން ކުރެވޭނެ އެވެ.
މިހާތަނަށް މި ސެންޓަރުތައް ހުޅުވާފައިވަނީ މާލެ އާއި ހުޅުމާލެ އާއި ހދ. ކުޅުދުއްފުށި އަދި ގދ. ތިނަދު އާއި ފުވައްމުލަކާއި އައްޑޫ ހިތަދޫގަ އެވެ.