07 ފެބުރުއަރީ 2021 - 22:24

ކޮވިޑް-19 އަށް މިއަދު 127 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 92 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުން ކަމަށާއި ދެން ހުރީ އަތޮޅު ތެރޭގެ ރަށްރަށާއި ރިސޯޓްތަކުން ޕޮޒިޓިވްވި ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ރާއްޖެއިން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 16،783 އަށް މިހާރު ވަނީ އަރައިފަ އެވެ. އޭގެ ތެރެއިން 14،000 އަށް ވުރެ ގިނަ މީހުން ރަނގަޅު ވެފައިވާތީ މިވަގުތު ފަރުވާ ދެނީ 2،100 މީހަކަށެވެ.
ކޮވިޑް-19 ގައި މިހާތަނަށް 55 މީހަކު ރާއްޖެއިން ވަނީ މަރުވެފަ އެވެ.