ކޮވިޑްގައި މި އަހަރު ހަތް ވަނަ މަރު، ޖުމްލަ 55 އަށް
ކޮވިޑްގައި މި އަހަރު ހަތް ވަނަ މަރު، ޖުމްލަ 55 އަށް

ކޮވިޑް-19 ގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިއަދު 55 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް 60 އަހަރުގެ އަންހެނަކު ރުވެފައިވާ ކަމަށެވެ.

މިއީ މި އަހަރު ކޮވިޑްގައި ރާއްޖޭން މަރުވި ހަތް ވަނަ މީހާ އެވެ. އަދި މި މަހު މަރުވި ތިން ވަނަ މީހާ އެވެ.

އެ ބަލީގައި އެންމެ ފަހުން މީހަކު މަރުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ. އޭގެ އެއް ދުވަސް ކުރިން، މިދިޔަ ބުދަ ދުވަހު ވެސް ކޮވިޑުގައި މީހަކު މަރުވެފައި ވެ އެވެ.

މަރުވާ މީހުންގެ އަދަދު އިތުރުވެފައި މި ވަނީ ކޮވިޑް ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް ވަރަށް ބޮޑަށް މައްޗަށް ގޮސް ބަލީގައި ނުރައްކާވެ އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށެވެ.

ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު 200 އިން މައްޗަށް އަރާފައިވާއިރު، ކޮވިޑުގެ އެކްޓިވް ކޭސްތައް ވެސް އުޅެނީ 2،000 އިން މަތީގަ އެވެ.