07 ފެބުރުއަރީ 2021 - 12:04

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ބައްޕާފުޅު ހަސަން އިބްރާހިމް މަނިކު (ހަނދުވަރު ހަސަން މަނިކުު) މިއަދު އަވަހާރަވެއްޖެ އެވެ.
އުމުރުން 92 އަހަރުގައި ހަސަން އިބްރާހިމް މަނިކު މިއަދު ހެނދުނު އަވަހާރަވީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާ ދެނިކޮށެވެ. އާލާސްކަންފުޅާ އުޅުއްވާތީ އެޑްމިޓްކުރީ ގާތްގަނޑަކަށް މީގެ ފަސް ދުވަސް ކުރިންނެވެ.
ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ އަރިހުގައި ހަސަން އިބްރާހިމް މަނިކު ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތުގައި އުޅުއްވި އެވެ.
ހަސަން އިބްރާހިމް މަނިކުގެ ކަށުނަމާދު އޮންނާނީ މިއަދު އަސުރު ނަމާދަށް ފަހު އެވެ.