އެމްބިއުލާންސާއި ފުލުހުންގެ ސައިރަން އެއްގޮތްކަމުން މާފިއާގެ އިންޒާރު
އެމްބިއުލާންސާއި ފުލުހުންގެ ސައިރަން އެއްގޮތްކަމުން މާފިއާގެ އިންޒާރު

އިޓަލީގެ އެމްބިއުލާންސްތަކުގެ ސައިރެންގެ އަޑާއި ފުލުހުންގެ ވެހިކަލްތަކުގެ ސައިރަންއާ އެއްގޮތްކަމުން، އެމްބިއުލާންސް ދުއްވާ މީހުންނަށް މާފިއާގެ މީހުންގެ އިންޒާރު ދޭން ފަށައިފި އެވެ.

އެމްބިއުލާންސާއި ފުލުހުންގެ ސައިރަން އެއްގޮތްކަމުން މާފިއާގެ އިންޒާރު
އެމްބިއުލާންސާއި ފުލުހުންގެ ސައިރަން އެއްގޮތްކަމުން މާފިއާގެ އިންޒާރު

މީޑިއާތަކުން ބުނީ މި މައްސަލަ އެންމެ ބޮޑީ މިހާރު އިޓަލީގެ ނޭޕްލްސްގައި ކަމަށެވެ. ބޮޑެތި ކުށްކުރާ ގޭންގްތްކުގެ މީހުން ބުނަނީ ސައިރަންގެ އަޑު އޮޅޭތީ "ވިޔަފާރި އަށް ބުރޫއަރާ" ކަމަށެވެ.

އެމްބިއުލާންސާއި ފުލުހުންގެ ސައިރަން އެއްގޮތްކަމުން މާފިއާގެ އިންޒާރު
އެމްބިއުލާންސާއި ފުލުހުންގެ ސައިރަން އެއްގޮތްކަމުން މާފިއާގެ އިންޒާރު

މިކަމާ ރުޅިގަދަވެގެން މާފިއާގެ ބައެއް މީހުން ވަނީ އެމްބިއުލާންސްތަކާއި އެ އެއްޗެހި ދުއްވާ ޑްރައިވަރުންނަށް ހަމަލާދީ އިންޒާރު ދީފަ އެވެ. މި މައްސަލަ މިހާރު ކަމާބެހޭ ފަރާތްތަކަށް ވެސް ހުށަހަަޅާފައިވާތީ ފުލުހުން އަންނަނީ އެކަން އިތުރަށް ތަހުގީގުކުރަމުންނެވެ.

އެމްބިއުލާންސް ދުއްވާ ބައެއް ޑްރައިވަރުން މީޑިއާތަކަށް ކިޔައިދީފައިވާ ގޮތުގައި ދަތުރުމަތީގައި އެ މީހުން ހުއްޓުވައި ގޭންގްތަކުގެ މީހުން ބިރު ދައްކައި މަރައިލާނެކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ.

"އެ މީހުން ބުނަނީ އެމްބިއުލާންސްތަކުގެ ސައިރެންޑްގެ އަޑު ފުލުހުންގެ ވެހިކަލްތަކުގެ އަޑާ އެއްގޮތްކަމުން ފިލަން މިހާރު ވަރަށް މަސައްކަތްކުރަން ޖެހޭ ކަމަށާއި އެކަމުގެ ސަބަބުން އެ މީހުންގެ ވިޔަފާރި އަށް ހުރަސް އެޅިފައިވާ ކަމަށް،" އިންޒާރަކާ ކުރިމަތިލާން ޖެހުނު ޑްރައިވަރަކު ބުންޏެވެ. "ދެން އެ މީހުން އިންޒާރު ދެނީ ސައިރަން ނާޅާ ދުއްވަން. އެހެން ނޫނީ އެމްބިއުލާންސަށް ގެއްލުންދީ މަރާލާނެކަނުގެ އިންޒާރު ދީފައިވޭ."

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ފަހުން އެމްބިއުލާންސްގެ ސައިރެންގެ އަޑަކީ އިޓަލީގެ ހުރިހާ ހިސާބެއްގައި ވެސް މިހާރު ވަރަށް އާންމު އަޑެކެވެ. ސައިރަން އަޅަމުން އެމްބިއުލާންސް ދުއްވަން ޖެހެނީ އިމަޖެންސީގައި ބަލިމީހުން ގެންދާ އިރު އެވެ. އަދި މިއީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް އެކަން އޮންނަ ގޮތެވެ.

އެމްބިއުލާންސް ޑްރައިވަރުންނަށް މާފިއާގެ މީހުން ބިރު ދައްކަމުންދާ މައްސަލާގައި، ކުށްތަކާ ދެކޮޅަށް މަސައްކަތްކުރާ ނޭޕްލްސްގެ ޖަމިއްޔާއެއްގައި މަސައްކަތްކުރައްވާ ޑރ. މެނުއަލް ރުގީރޯ، 42، ވިދާޅުވީ މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

"މިކަމާ ހުރެ މިހާރު ބިރުން ނޭޕްލްސްގެ ވަރަށް ގިނަ އެމްބިއުލާންސް ޑްރައިވަރުން ސައިރެން އާއި ވެހިކަލްތަކުގެ ސިގްނަލް ލައިޓްތައް ވެސް ބޭނުމެއް ނުކުރޭ،" އޭނާ ވިދާޅުވި އެވެ. "އަދި މާފިއާގެ އިންޒާރާ ހެދި އަހަރެމެންނަށް މި ވަގުތު ރައްކަލަކަށްޓަކައި އެބަޖެހޭ އެމްބިއުލާންސް ދުއްވާ މީހުންނަށް ސައިރެން ނާޅަން އިރުޝާދު ދޭން ވެސް. ހަގީގަތުގައި މިއީ މިފަދަ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ސިއްހީ ދާއިރާގެ މީހުންނަށް ކުރިމަތިލާން ޖެހުނު އިތުރު ނުރައްކަލެއް."

މިކަމަށް އަވަސް ހައްލެއް ހޯދައިދޭން ނޭޕްލްގެ ސިޔާސީ މީހުން ވެސް މިހާރު ވަނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފަ އެވެ.