ހިތަދޫން ކޮވިޑް ކޭސްތަކެއް ފެނުމުން އައްޑުއަށް އަރައިފޭބުން މަނާކޮށްފި
ހިތަދޫން ކޮވިޑް ކޭސްތަކެއް ފެނުމުން އައްޑުއަށް އަރައިފޭބުން މަނާކޮށްފި

ހިތަދޫން ކޮވިޑް-19 ގެ ދެ ކޭހެއް ފެނިގެން، އައްޑުއަށް އަރައި ފޭބުން މިއަދު މަނާކޮށްފި އެވެ.

އަރައިފޭބުން މަނާކޮށް، އައްޑޫ މޮނިޓަރިން އަށް ލީ ކޮވިޑަށް ޕޮޒިޓިވްވި ދެ މީހުންނަކީ ކަރަންޓީނުގައި ތިބި ބަޔަކަށް ނުވާތީ އެ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށެވެ. އެޗްޕީއޭ އިން ބުނީ އައްޑޫ މޮނިޓަރިން އަށްް ލީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ކަމަށެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅު-މީދޫން މީގެ ކުރިން ވަނީ ކޮވިޑްގެ ގިނަ ކޭސްތަކެއް ފެނިފަ އެވެ. އެގޮތުން އެ ދެެ ރަށުން ފެނުނު ކޭސްތަކުގެ އަދަދު މިހާރު ވަނީ 28 އަށް އަރައިފަ އެވެ.

ރާއްޖޭގައި ކޮންމެ ދުވަހަކު ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވުމަށް ފަހު އަނެއްކާވެސް އިތުރުވާން ފެށީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެޗްޕީއޭއިން ކުރިން ބުނެފައިވާ ގޮތުގައި ކޮވިޑް ކޭސްތައް ކުއްލިއަކަށް އިތުރުވީ ޔޫކޭ ވޭރިއަންޓް ރާއްޖެ އަށް އައުމުންނެވެ.