06 ފެބުރުއަރީ 2021 - 17:23

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިންޑިއާގެ އެންބީސީސީ ކުންފުންޏާ ގުޅިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފްލެޓް އަޅަން ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) ކޮންޓްރެކްޓުގައި ސޮއިކޮށްފި އެވެ.
އެފްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ދެވަނަ ފިޔަވަހީގައި 2،000 ފްލެޓު އަޅާނެ އެވެ. މީގެ ތެރޭގައި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓާއި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓު ހިމެނެ އެވެ.
މި މަޝްރޫއަށް 130 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ) ހަރަދު ވާނެ ކަމަށް އެފްޑީސީން ވަނީ ލަފާކޮށްފަ އެވެ. އެ ކުންފުނިން ބުނިގޮތުގައި މި ފައިސާ މިހާރު ވަނީ ހަމަޖެހިފަ އެވެ.
އެފްޑީސީން ބުނީ އެ ދިވެހި ސަރުކާރުގެ ސޮވެރިން ގެރެންޓީއާއެކު އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކުން މިހާރު ލޯނު ލިބިފައިވާ ކަމަށެވެ.
އިންޑިއާގެ އެންބީސީސީއަކީ ޕްރޮޖެކްޓް މެނޭޖުމަންޓާއި ރިއަލް އެސްޓޭޓް ޑިވްލޮޕްމެންޓް އަދި އީޕީސީ ކޮންޓްރެކްޓުގެ މަސައްކަތް ކުރަމުން އަންނަ އެ ގައުމުގެ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ.